44 މިލިއަން ރުފިޔާއަށް އަނގޮޅިތީމުގެ ބަނދަރު އަޕްގްރޭޑް ކުރުން އެމްޓީސީސީ އާ ހަވާލުކޮށްފި

ރ. އަނގޮޅިތީމުގެ ބަނދަރު އަޕްގްރޭޑް ކުރުން އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ. މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކ...

08 Oct 2020 | 09:46

ރ. އަނގޮޅިތީމުގެ ބަނދަރު އަޕްގްރޭޑް ކުރުން އެމްޓީސީސީ އާ ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫގް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އާދަމް ޢާޒިމް އެވެ.

އެރަށުގެ ބަނދަރު 365 ދުވަހުގެ ތެރޭގައި އަޕްގްރޭޑުކޮށް ނިންމަން ޖެހޭ އިރު، މި މަސައްކަތުގެ އަގަކީ 44،792،634.74 އެވެ.

އަނގޮޅިތީމު ބަނދަރު އަޕް ގްރޭޑް ކުރުމުގެ މަޝްރޫޢުގައި ބޭރު ތޮށީގައި 221 މީޓަރުގެ ބޮޑުހިލަ ޖެހުމާއި 9144 މީޓަރުގެ އެއްގަމު ތޮށި ލުމާއި 12 ބަނދަރު ބައްތި ޖެހުމާއި 1110 ސްކެއަރ މީޓަރުގެ ޕޭވްމެންޓު ހެދުން ހިމެނެ އެވެ.

މީގެ އިތުރުން 5 މޫރިންގ ބްލޮކސް ޖެހުމާއި 42،000 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި 615 ކިއުބިކް މީޓަރަށް ނެރު ފުން ކުރުމާއި 2 ނެރު ބައްތި ޖެހުމާއި 166 މީޓަރު ރިވެޓްމެންޓު ޖެހުން ވެސް މި މަޝްރޫޢުގައި ހިމެނެ އެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް