ޓޫރިޒަމް މިނިސްޓްރީން ލޯކަލް ކައުންސިލްތަކަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފި

ޓޫރިޒަމް މިނިސްޓްރީން ލޯކަލް ކައުންސިލްތަކަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފި އެވެ. މިއީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ކައުންސިލްތަކާ ވީހާވެސް ގާތުން ގުޅިގެން މަސައްކަތްތައް ...

08 Oct 2020 | 09:08

ޓޫރިޒަމް މިނިސްޓްރީން ލޯކަލް ކައުންސިލްތަކަށް ތަމްރީން ޕްރޮގްރާމެއް ބާއްވައިފި އެވެ.

މިއީ މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ކައުންސިލްތަކާ ވީހާވެސް ގާތުން ގުޅިގެން މަސައްކަތްތައް ހިންގުމުގެ ގޮތުންނާއި ކައުންސިލްތައް ބާރުވެރިކުރުވާ ލާމަރުކަޒުކުރުމަށް ބާރުއެޅުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ބޭއްވި ޕްރޮގްރާމެކެވެ.

ޖުމްލަ 199 ކައުންސިލުން ބައިވެރިވެފައިވާ މި ތަމްރީނު ޕްރޮގްރާމަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިވާކަން ފާހަގަކޮށް އެޕްރޮގްރާމްގެ ވަރޗުއަލް ރިފްރެޝަރ ޕްރޮގްރާމެއް މިހިނގާ އޮކްޓޯބަރުމަހުގެ 10 ވަނަ ދުވަހު އެ މިނިސްޓްރީގެ ފަރާތުން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ހަމަ އެދުވަހު ޑައިވް ސެންޓަރުތަކުގެ އަލަށް ރަޖިސްޓްރީ ކުރުމަށާއި، ރަޖިސްޓްރީ އާކުރުމަށް ކުރެވޭ އިންސްޕެކްޝަންގެ ތަމްރީނު ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިތަމްރީން މެދުވެރިކޮށް، ލާމަރުކަޒީ އުސޫލުން ކައުންސިލްތަކަށް މިފަދަ އިންސްޕެކްޝަންތައް ކުރުމުގެ ފުރުޞަތު ލިބެއެވެ. އަދި ރާއްޖޭގެ އެކިކަންކޮޅުތަކުން ޓޫރިސްޓް ގެސްޓްހައުސް، ޓްރެވަލް އެޖެންސީ އަދި ޑައިވް ސެންޓަރުތައް ރަޖިސްޓްރީ ކުރުމަށް އެދޭ ފަރާތްތަކަށް މި މަރުޙަލާ ލުއިފަސޭހަވުމަށް މަގުފަހިވެގެން ދާނެއެވެ.

ނިމިދިޔަ އަހަރުގެ ތެރޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ގެސްޓްހައުސް އަދި ޓްރެވަލް އެޖެންސީ އަލަށް ރަޖިސްޓްރީ ކުރުމަށާއި، ރަޖިސްޓްރީ އައުކުރުމަށް ކުރެވޭ އިންސްޕެކްޝަންގެ ތަމްރީން ޕްރޮގްރާމެއްވަނީ ބާއްވާފައެވެ.

މިފުރުޞަތުގައި ކައުންސިލްތަކުން މިނިސްޓްރީގެ މިފަދަ މަސައްކަތްތަކަށް ދެއްވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރުވެރިވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް