ފިޔަވަތިން ކޯވިޑް ޖެހުނު ކުދިންނާއި މީހުން އެހެން ތަނަކަށް ބަދަލުކޮށްފި

ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ މުވައްޒަފަކާއި އަށް ކުއްޖަކަށް ކޮވިޑް ޖެހުމުން އެ ތަނުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން އެތަނުގައި ތިބި ކުދިންތައް އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ޖެންޑަރ މިނިސް...

08 Oct 2020 | 08:22

ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ މުވައްޒަފަކާއި އަށް ކުއްޖަކަށް ކޮވިޑް ޖެހުމުން އެ ތަނުގެ ތޮއްޖެހުން ކުޑަކުރުމުގެ ގޮތުން އެތަނުގައި ތިބި ކުދިންތައް އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން ގެންދާ ފިޔަވަތިން ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހައިރިސްކު ކުއްޖެއްގެ އިތުރުން އެތަނުގެ ސްޓާފަކުވެސް ހިމެނެ އެވެ.

ޖެންޑަރ މިނިސްޓްރީގެ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް އިން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް ޖެހުނު އަށް ކުދިންގެ އިތުރުން އެހެން 26 ކުއްޖަކު އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމަށާއި، ކުދިން އެހެން ތަނަކަށް ބަދަލުކުރީ ފިޔަވައްޗަކީ ޖާގައިގެ ދަތިކަން އޮތް ތަނަކަށް ވުމުން ކަމަށެވެ.

" އެކަން އެގޮތަށް ކުރީ، ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން އިރުޝާދު ދިނުމުން. ހައިރިސްކު އެކުއްޖާ، ކެއަރ ވޯކަރުންނާ އެކު ހުޅުމާލޭ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ވަނީ ބަދަލުކޮށްފަ. އެޗްޕީއޭ އާއި އެޗްއީއޯސީގެ އިރުޝާދުގެ ދަށުން އަނެއް ހަތް ކުދިން ވެސް ބަދަލުކޮށްފައި ވަނީ ފެސިލިޓީއަކަށް ބަދަލުކޮށްފަ." ޖެންޑަރ މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކޮވިޑް ޖެހުނު ހުރިހާ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް