އިންޑިއާއިން ނަގާ ލޯނަކީ ދަންތުރައެއް ނޫން: ނަޝީދު

އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކަކީ ދަންތުރައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައ...

08 Oct 2020 | 07:59

އަވައްޓެރި އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކަކީ ދަންތުރައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އިންޑިއާއިން ނަގާ ލޯނު ދަންތުރައަކަށް ނުވަނީ އެ ގައުމުން ނަގާ ލޯނަކީ ދެ ފުށްފެންނަ ގޮތަށް ނަގާފައިވާ ލޯނުތަކަކަށް ވާތީ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ލޯނު ދަންތުރައަކަށް ވެގެން ދަނީ ނަގާ ދަރަންޏާ، އުފައްދާ އެސެޓް ނުވަތަ ހަރު މުދަލާ އެއްވަރު ނުވުމުން ކަމަށެވެ.'

ނަޝީދު ރޭ ވިދާޅުވީ އިންޑިއާގެ ލޯނުތައް ރާއްޖޭގެ ޓެންޑާ ބޯޑުން ޝޯޓްލިސްޓު ކުރަމުންދާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ޓެންޑަރުތަކަށް ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ކުރިމަތިލެވޭ ކަމަށެވެ.

ނަޝިދު މީގެ ކުރިން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ ދަންތުރައެއް ކަމަށް ވިދާޅުވެފައި އެވެ. އެގޮތުން އެކި ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ރާއްޖެއިން ޗައިނަށް އަށް 3.4 ބިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.

އެކަމަކު މިވާހަކަތަށް ޗައިނާއިން ދޮގު ކުރެވެ އެވެ. ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ވިދާޅުވެފައިވަނީ ރާއްޖެއިން ލޯނުގެ ގޮތުގައި ޗައިނާއަށް ދައްކަން ޖެހެނީ 1.52 ބިލިއަން ޑޮލަރު ކަމަށެވެ.

ނަޝީދު ރޭ ވިދާޅުވީ އިންޑިއާގެ ލޯނުތައް ރާއްޖޭގެ ޓެންޑާ ބޯޑުން ޝޯޓްލިސްޓު ކުރަމުންދާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި ޓެންޑަރުތަކަށް ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ކުރިމަތިލެވޭ ކަމަށެވެ.

އެއާ ހިލާފަށް، އެހެން ފަރާތްތަކާއެކު ލޯނަކަށް އެއްބަސްވެ، މަސައްކަތަކަށް އެއްބަސްވެ، ބަޔަކު މީހުން މަސައްކަތްކޮށް ނިންމާފައި ދިއުމުން ސަރުކާރަށް އަންނަނީ ބިލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ އަދި އެ ދަރަނިން އުފައްދާ ހަރުމުދާ، ދަރަންޏާ އެއްވަރު ނުވެ، އެ ދަރަނި އަނބުރާ ދައްކަން އިގްތިސޯދީ ހަރަކާތް ނުހިންގުމުން ދެން ޖެހޭނީ ދަރަނީގެ ދަންތުރައެއްގައި ކަމަށް ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އަިއ ފަހުން އިންޑިއާއިން ރާއްޖެއަށް ޖުމްލަ 1.65 ބިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް