މެލޭޝިއާގައި ކޯވިޑް-19 ގައި ދިވެއްސަކު މަރުވި ވާހަކަ ފޮރިން މިނިސްޓްރީން ދޮގުކޮށްފި އެވެ.
މެލޭޑިއާގައި ކޯވިޑް ޖެހިގެން ދިވެއްސަކު މަރުވި ވާހަކަ ފެތުރިފައިވަނީ ސޯޝަލް މީޑިއާގައި އެވެ. އެކަމަކު އެ މީހާ އާއި ގުޅޭ ތަފްސީލް ހާމަކޮށްފައެއް ނުވެ އެވެ.
މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން މީޑިއާގައި ބުނީ މެލޭޝިއާގައި ދިވެއްސަކު މަރުވިކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ފަތުރަމުން ދަނީ ދޮގު ވާހަކައެއް ކަމަށެވެ.
ގިނަ އަދަދަކަށް ދިވެހިން މަތީ ތައުލީމު ހާސިލް ކުރާ މެލޭޝިއާގައި ކޯވިޑް ކޮންޓްރޯލްވެފައި އޮތުމަށް ފަހު އަނެއްކާވެސް ޕޮސިޓިވްވާ މީހުންގެ އަދަދު ކުއްލިއަކަށް ވަނީ އިތުރުވެފައި އެވެ. އެކަމަކު މެލޭޝިއާއިން ޕޮސިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ވަރަށް މަދު ދިވެހިންނެވެ.
މިހާތަނަށް މެލޭޝިއާއިން ކޯވިޑް-19 އަށް 10،147 މީހުން ޕޮސިޓިވްވެފައިވެ އެވެ. އޭގެ ތެރެއިން 129 މީހުން ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް