ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ބޮލީވުޑްގެ ބަތަލާ ތާޕްސީ ޕަންނޫ ދަނީ ރާއްޖޭގެ ހިތްގައިމު ރީތި ފޮޓޯތައް އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ހިއްސާ ކުރަމުންނެވެ.
ތާމްސީ ބުނީ ރާއްޖެއަކީ ދުނިޔޭގެ އެންމެ ރީތި ގައުމު ކަމަށާއި ދުވަސްކޮޅަކަށް މިއީ ގެދޮރު ކަމަށް ދެކޭ ކަމަށެވެ. އޭނާ ޗުއްޓީ ހޭދަ ކުރަމުންދަނީ ތާޖް މޯލްޑިވްސްގައި އެވެ.
ތާމްސީ ރާއްޖެ އައި ދުވަހުން ފެށިގެން އިންސްޓަގްރާމްގައި ހިއްސާ ކުރަމުންދާ ފޮޓޯތަކާއި ވީޑިއޯތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މީހުންގެ ސަމާލުކަން ދަނީ ލިބެމުންނެވެ. މި ފޮޓޯތަކަށް މީހުން ކުރަމުންދާ ކޮމެންޓުތަކުގެ ތެރެއިން އިންޑިއާ މީޑިއާގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ބޮލީވުޑްގެ ބަތަލް އަލީ ޒަފަރު ކުރި ކޮމެންޓަކުންނެވެ.
ތާމްސީ އިންސްޓްގަރާމްގައި ހިއްސާ ކުރި ފޮޓޯއަކަށް އަލީ ޒަފަރު ކޮށްފައިވާ ކޮމެންޓެއްގައި ބުނެފައިވަނީ ތެދަށްބުނާނަމަ އޭނާވެސް ރާޢްޖެ އަންނަން ކެތްމަދުވެފައި ހުރި ކަމަށެވެ. ކޯވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކުރުމަށް ފަހު ގައުމުތައް ހުޅުވާލުމާއި އެކު ބޮލީވުޑްގެ ތަރިން ރާއްޖެއަށް ޗުއްޓީ ހޭދަ ކުރަން އަންނަން ވަނީ ފަށާފައި އެވެ.
ތާޕްސީ ވަނީ ތާޖް މޯލްޑިވްސްގެ ހިތްގައިމު ގޮނޑުދަށާއި މަޑި އާއި އިރު އޮއްސޭ މަންޒަރުތައް ފެންނަ ފޮޓޯތައް ހިއްސާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް