ޔޫރަޕް ބައްރުގައި ރޭ ކުޅެވުނު އެކުވެރިކަމުގެ މެޗުތަކަށް ބަލާލުމެއް

ރެއަކީ ޔޫރަޕް ބައްރުގައި ބައިނަލްއަޤުވާމީ ރަަހުމަތްތެރިކަމުގެ ގިނަ މެޗުތަކެއް ކުޅެވިގެން ދިޔަ ރެއެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ރޭގައި ވަނީ ބައިނަލްއަޤުވާމީ އެކުވެ...

08 Oct 2020 | 04:10

ރެއަކީ ޔޫރަޕް ބައްރުގައި ބައިނަލްއަޤުވާމީ ރަަހުމަތްތެރިކަމުގެ ގިނަ މެޗުތަކެއް ކުޅެވިގެން ދިޔަ ރެއެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ރޭގައި ވަނީ ބައިނަލްއަޤުވާމީ އެކުވެރިކަމުގެ އެގާރަ މެޗެއް ކުޅެފައެވެ. އެގޮތުން މި މެޗުތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކޮށްލެވިފައިވަނީ ޔޫރަޕުގެ ފުޓްބޯޅައިގެ ވަރުގަދަ ބާރުތަށް ކުޅުނު މެޗުތަކެވެ. އެގޮތުން ފާހަގަ ކޮށްލެވޭ މެޗުތަކުގެ ތެރޭގައި، ޕޯޗުގަލް އަދި ސްޕެއިންް ބައްދަލުކުރި މެޗާއި ފްރާންސް އަދި ޔޫކްރެއިން ބައްދަލުކުރި މެޗާއި އިޓަލީ އަދި މޮލްޑޯވާ ބައްދަލުކުރި މެޗުގެ އިތުރުން ޖަރުމަން އަދި ތުރުކީ ބައްދަލުކުރި މެޗު ފާހަގަ ކޮށްލެވެއެވެ.

ޔޫރަޕް ބައްރުގައި ރޭގަ ކުޅުނު  މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު:

  • ޕޯޗުގަލް އަދި ސްޕެއިން ބައްދަލުކުރި މެޗުގެ ކުޅުން ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.
  • ޕްރާން އަދި ޔޫކްރެއިން ބައްދަލުކުރި މެޗަށް ބަލާއިރު، މި މެޗަކީ ރޭގެ މެޗުތަކުގެ ތެރެއިން އެންމެ ތަފާތު ބޮޑު ނަތީޖާއެއް ފެނިގެން ދިޔަ މެޗެވެ. އެގޮތުން ފްރާންސްއިން ވަނީ ޔޫކްރެއިން ކޮޅަށް ހަތް ލަނޑު ޖަހާފައެވެ. މި މެޗުން ޔޫކްރެއިންގެ މައްޗަށް ފްރާންސްއިން ކުރި ހޯދާފައިވަނީ 1-7 ގެ ނަތީޖާއަކުންނެވެ.
  • އިޓަލީ އަދި މޮލްޑޯވާ ބައްދަލު ކުރި މެޗަކީ ވެސް ތަފާތު ނަތީޖާއެއް ފެނިގެން ދިޔަ މެޗެކެވެ. އެގޮތުން އިޓަލީގައި ކުޅުނު މި މެޗުގައި އިޓަލީގެ ފަރާތުން ގިނަ ލަނޑުތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މި މެޗު އިޓަލީން ކާމިޔާބު ކުރީ 1-6 ގެ ނަތީޖާއިންނެވެ.
  • ޖަރުމަން އަދި ތުރުކީ ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެންނެވެ. ޖަރުމަނުގެ އަމިއްލަ ދަނޑުގައި މި ދެޓީމު ބައްދަލުކުރި މި މެޗު އެއްވަރުވެގެން ނިމުނީ 3-3 ގެ ނަތީޖާ އަކުންނެވެ.
  • ރޭ ޑެންމާކް އަދި ފެރޯއައިލެންޑް ބައްދަލުކުރި މެޗުން މޮލުވީ ޑެންމާކްއެވެ. ޑެންމާކްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ރެފޯއައިލެންޑްގެ މައްޗަށް ޑެންމާކުން ކުރިހޯދާފައިވަނީ 0-4 ގެ ނަތީޖާއަކުންނެވެ.
  • ރޭގައި ޕޯލަންޑް އަދި ފިންލަންޑް ބައްދަލުރި މެޗު ވެސް ނިމިގެން ގޮސްފައިވަނީ ޕޮލަންޑު މޮޅުވެގެންނެވެ. ޕޮލަންޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބު ކުރީ 1-5 ގެ ނަތީޖާއަކުންނެވެ.
  • ރޭ ނެދަލެންޑސްް ވަނީ މެކްސިކޯއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައެވެ. އެގޮތުން ނެދަލެންޑްސް އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން އެޓީމު ބަލިވެފައިވަނީ0-1 ގެ ނަތީޖާއަކުންނެވެ.
  • ރޭ ގްރީސްވެސް ވަނީ އޮސްޓްރިއާ އަތުން ބަލިވެފައެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މި މެޗުން ގްރީސް ބަލިވީ 1-2 ގެ ނަތީޖާއަކުންނެވެ.
  • ކްރޮއޭޝިއާ ވަނީ ރޭ ސްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައެވެ. ރަށުން ބޭރުގައި ސްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މި މެޗުން ކްރޮއޭޝިއާ މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.
  • ސްލޮވީނިއާ މޮޅުވީ ރޭ ސަންމަރީނޯއާއި ވާދަކޮށް 0-4 ގެ ނަތީޖާއިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް