ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު ދަށަށްދާތާ ތިން ވަނަ ދުވަސް

ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު އިއްޔެއާއި އޭގެ ކުރީ ދުވަހާއި އަޅާ ބަލާއިރު މިއަދު ދަށް ވެއްޖެ އެވެ. އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖެއިން ކޯވިޑަށް...

08 Sep 2020 | 17:46

ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު އިއްޔެއާއި އޭގެ ކުރީ ދުވަހާއި އަޅާ ބަލާއިރު މިއަދު ދަށް ވެއްޖެ އެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި މިއަދު ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 74 މީހުންނެވެ. އޭގެ ތެރެއިން 63 މީހުންނަކީ މާލޭ ސިޓީން ޕޮސިޓިވްވި މީހުންނެވެ. އަނެއް 11 މީހުންނަކީ އަތޮޅު ތެރެއިން ޕޮސިޓިވްވި މީހުންނެވެ.

މިއަދު ޕޮސިޓިވްވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 59 ދިވެހިންނާއި 15 ބިދޭސީންނެވެ.

މިހާތަނަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މިހާރު ކޯވިޑަށް ފަރުވާ ދެމުންދަނީ 2،549 މީހުންނަށެވެ. އޭގެ ތެރެއިން 139 މީހުންނަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ބަލި ޖެހުނު މީހުންތެރެއިން 6،157 މީހަކު ވަނީ ކޯވިޑުން ރަނގަޅުވެފައި އެވެ.

ޖުލައި މަހު ކޯވިޑަށް ޕޮސިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށި ފަހުން ޕޮސިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް ދަށަށްދާތާ ތިން ދުވަސް ވެފައި ވަނީ މިއަދު އެކަންޏެވެ.

މިދިޔަ ދެ ދުވަހު ޕޮސިޓިވްވި މީހުންގެ އަދަދަށް ބަލާއިރު މިމަހުގެ ހަ ވަނަ ދުވަހު ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 83 މީހުންނެވެ. އިއްޔެ ޕޮސިޓިވްވެފައިވަނީ 98 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިފައިވަނީ 8،741 މީހުންނަށެވެ. 29 މީހަކު މި ބަލީގައި މަރުވެފައިވެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް