ގދ. ހޯނޑެއްދޫއިން މިއަދު އިތުރު 10 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ހެލްތު އެޖަމެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބުނެފައިވާގޮތުގައި ހޯނޑެއްދޫއިން މިއަދު ޕޮޒިޓިވް ވެފައިވަނީ ފަސް އަންހެނަކާއި ފަސް ފިރިހެނެކެވެ.
ބުނެފައިވާގޮތުގައި ފަސް އަންހެނުންގެ ތެރޭގައި ހިމެނެނީ 13 އަހަރުގެ ކުޑަކުއްޖަކާއި 19 އަހަރުގެ އަންހެނަކާއި 67 އަހަރުގެ އަންހެނަކާއި 19 އަހަރުގެ އަންހެނެއްގެ އިތުރުން 62 އަހަރުގެ އަންހެނެކެވެ. ފަސް ފިރިހެނުންގެ ތެރޭގައި ހިމެނެނީ ފަސް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކާއި 41 އަހަރުގެ ފިރިހެނަކާއި 67 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނެކެވެ.
މިއަދު ޕޮޒިޓިވްވި 10 މީހުންގެ ތެރެއިން އަށް މީހުންނަކީ ކުރިން ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓް ކަމަށާއި އަނެއް ދެމީހުންނަކީ ކުރިން ޕޮޒިޓިވް ވި މީހުންގެ ސެކަންޑަރީ ކޮންޓެކްޓުން ކަމުގައިވެސް އެޗްއީއޯސީން ބުނެއެވެ.
ކޮވިޑަށް ހޯނޑެއްދޫން 10 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ރަށުން ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަދު މިވަނީ 35 އަށް އަރާފައެވެ. މި 35 މީހުންގެ ތެރެއިން ހާލު ދެރަވި ދެ މީހަކު މިހާރު ވަނީ ވިލިނގިލީގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް