މަސައްކަތް ކުރަންވީ ނަތީޖާ ނެރޭ ބަޔަކަށް ވުމަށް: ޑރ. ނަޒްލާ

މަސައްކަތް ކުރަންވީ އެއްބަސްވެވޭ ހިސާބެއްގައި ނަތީޖާ ނެރޭ ބަޔަކަށް ވުމަށް ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ. ޑރ. ނަޒްލާ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަ...

08 Sep 2020 | 13:41

މަސައްކަތް ކުރަންވީ އެއްބަސްވެވޭ ހިސާބެއްގައި ނަތީޖާ ނެރޭ ބަޔަކަށް ވުމަށް ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ ވިދާޅުވީ ކޯވިޑް-19 އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި ކުރާ ކަންކަމާ ބެހޭގޮތުން ހުރިހާ އެންމެނަށް އެއްބަސް ނުވެވޭނެކަން ގަބޫލު ކުރައްވާ ކަމަށާއި ބިނާކުރަނިވި ފާޑުކިޔުންތަކަށް އަބަދުވެސް މަރުޙަބާ ކިޔާނެ ކަމަށެވެ.

މީގެއިތުރުން މިއީ އާ ބައްޔަކަށްވާތީ އިޖުތިމާޢީ އަދި އިގްތިސާދީ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ކުރިމަތިލާން މިޖެހެނީ ހަމައެކަނި ސިއްހީ ކަންތަކާ އެކަނި ނޫން ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮވިޑް ޕޮޒިޓިވް ވާ މީހުންގެ ޢަދަދު އިތުރުވަމުންދާތީ، އިތުރުފިޔަވަޅުތައް އަޅަމުންދާކަން ފާހަގަ ކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާތީ އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނާނީ މި މަހުގެ ފަހުކޮޅުކަމަށެވެ.

ދިވެހި ކޮންމެ ރައްޔިތަކީވެސް އެޗްޕީއޭގެ މެމްބަރެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި ކޮވިޑް ހުއްޓުމަށް މަސައްކަތް ކުރާނެ މީހެއް ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް