ޑްރަގުގެ މައްސަލައިގަ ރިއާ ޗަކްރަބަތީ ހައްޔަރުކޮށްފި

ޑްރަގުގެ މައްސަލައިގާ ސުޝާންތު ސިންހް ރާޖްޕުތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ހައްޔަރުކޮށްފއެވެ. އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ރިއާ ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއ...

08 Sep 2020 | 12:40

ޑްރަގުގެ މައްސަލައިގާ ސުޝާންތު ސިންހް ރާޖްޕުތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ހައްޔަރުކޮށްފއެވެ.

އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ރިއާ ހައްޔަރުކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަދި އޭނާ މިހާރުވަނީ މެޑިކަލް ޓެސްޓުތައް ހެދުމަށް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޑްރަގުގެ މައްސަަލއިގާ ރިއާ މިއަދު ހައްޔަރުކުރި އިރު، އެންސީބީ ކުރިމަތީ ރިއާ ވަނީ އޭނާއަކީ ޑުރަގު ނަގާ މީހެއް ކަމަށް ކުރިން އެއްބަސްވެފައެވެ. އަދި ކޮއްކޮ ޝޮވިކް މެދުވެރިކޮށް ޑުރަގް ގަތް ކަމަށާއި ޑުރަގު ވިއްކާ މީހުންނާ ގުޅުން އޮންނަ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އޭނާ ޑުރަގު ވިއްކާ ކަމަށްވެސް ވަނީ އެއްބަސްވެފައެވެ.

އިންޑިއާގެ މީޑިއާ އިން ބުނާ ގޮތުގައި މިއަދުގެ ވަގުތެއްގައި އޭނާގެ ބަންދުގެ މުއްދަތު ކަނޑައަޅަށް ކޯޓަށް ހާޟިރުކުރުމަށް ވަނީ ނިންމާފައެވެ.

ރިއާ ހައްޔަރު ކުރުމާއެކު ބިހާރުގެ ޑިރެކްޓަރ ޖެނެރަލް ޕޮލިސް ގުޕްތޭޝް ޕާންޑޭ ވިދާޅުވީ ޑުރަގުގެ މައްސަލައިގައި ރިއާ ރަނގަޅަށްވެސް ބެދިފައިވާ ކަމަށެވެ.

ސުޝާންތުގެ މަރާއެކު ޑުރަގުގެ މައްސަލައެއް ފެންމަތިވެފައިވާ އިރު، ރިއާ ވަނީ ބޮލީވުޑުގައި ޑުރަގު ބޭނުންކުރަމުން އަންނަ 20 ސްޓާރުންގެ ނަންތައް އެންސީބީއަށް ރިއާ ކިޔައިދީފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ރިއާ ކިޔައިދިން ލިސްޓުގައި މަޝްހޫރު ގިނަ ސްޓާރުން ހިމެނެއެވެ.

ރިއާ މިއަދު ހައްޔަރުކުރިއިރު، އޭނާގެ ކޮއްކޮ ޝޮވިކް ޗަކްރަބޯޓީވެސް ވަނީ ތިން ދުވަސް ކުރިން ހައްޔަރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް