ތިން ކިލޯގެ މަސްތުވާތަކެއްޗާއި އެކު މާލެއިން ދެ މީހަކު ހައްޔަރުކޮށްފި

ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ތިން ކިލޯގެ މަސްތުވާތަކެއްޗާއި އެކު ބަޔަކު ހައްޔަރުކޮށްފި އެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެ ހަވީރު އެވެ. މި އޮޕަރޭޝަންގައި ކޯޓު ...

08 Sep 2020 | 07:27

ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ތިން ކިލޯގެ މަސްތުވާތަކެއްޗާއި އެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެ ހަވީރު އެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާފަންނަނުގެ ދެ ގެއަކާއި ގަލޮޅުގެ ގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ އަތުލައިގެންފައިވެ އެވެ.

މި އޮޕަރޭޝަންގައި މާފަންނުން ފުލުހުން ބަލައިފާސްކުރި ދެ ގޭގެ ތެރެއިން އެއްގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި  ފިލްމު ހުސްކުރި 84 ދަޅާއި ރަބަރު ޕެކެޓަކާއި ޖޫސްޕެޓީ ދެ ކޮތަޅުގެ އިތުރުން 2،750 ރުފިޔާ ފެނިފައި ވާއިރު އަނެއް ގެއިން 54،800 ރުފިޔާ ފެނިފައިވެއެވެ. އަދި ގަލޮޅުން ފުލުހުން ބަލައިފާސްކުރި ގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅާއި ދެ ޖޫސްޕެޓީ ކޮތަޅު ފެނިފައިވެއެވެ.

މި އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 3.301 ކިލޯގްރާމް ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގަ ފުލުހުން ވަނީ ދެ މީހަކު ހައްޔަރުކޮށްފައި އެވެ. އެއީ 26 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް