މާލެ އަތޮޅު އަށް ރަށެއްގެ ސިއްހީ މަރުކަޒުތަކަށް ދިވެހި ނަރުހުން ހޯދަން އިއުލާނުކޮށްފި

ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ނަރުހުންގެ ވަޒީފާއަށް އިއުލާނުކޮށްފިއެވެ. ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި 42 ނަރުހަކު ހޯދަން އިއުލާނުކޮށްފަ...

08 Sep 2020 | 06:24

ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން ނަރުހުންގެ ވަޒީފާއަށް އިއުލާނުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި 42 ނަރުހަކު ހޯދަން އިއުލާނުކޮށްފައިވެއެވެ. ދާއިމީ މި ވަޒީފާ ތަކުގެ ތެރޭގައި ރަޖިސްޓަރޑް ނަރސް، ސީނިއަރ ރަޖިސްޓަރޑް ނަރސް އަދި ކްލިނިކަލް ނަރސް ހޯދަން އިއުލާނުކޮށައިވެއެވެ.

އަސާސީ މުސާރަ އުޅެނީ ނުވަ ހާހާއި 11 ހާހާއި ދެމެދުގެ ރޭންޖެއްގައެވެ. މީގެ އިތުރުން ސާވިސް އެލަވަންސާއި އެހެނިހެން އެލަވަންސް ލިބޭނެކަމަށް ބުނެފައިވެއެވެ.

42 ނަރުހުން ހޯދަން އިއުލާނުކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ ތުލުސްދޫ އަދި ހިންމަފުށި ސިއްހީމަރުކަޒަށް ހަތް ނަރުހަކާއި ދިއްފުށި، ގާފަރު، ކާށިދޫ، ހުރާ، މާފުށި އަދި ގުޅީ ސިއްހީ މަރުކަޒަށް ތިން ނަރުހަކާއި ކ. ގުރައިދޫ ސިއްހީ މަރުކަޒަށް އަށް ނަރުހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް