ރެއާލް މެޑްރިޑަށް ކުޅެމުން އައި ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް އެވަޓަންއަށް ސޮއި ކޮށްފިއެވެ.
ހަމޭސް ރޮޑްރިގޭޒް އިނގިރޭސި ވިލާތުގެ އެވަޓަންއާއި ގުޅުނު އިރު، އޭނާ އެޓީމަށް ސޮއިކުރީ20 މިލިއަން ޕައުންޑަށް ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
މިހާރު އުމުރުން 29 އަހަރުގެ ފޯވަޑް ހަމޭޒް އެވަޓަންއާއެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރިއިރު، މި އެއްބަސްވުމުގެ ދަށުން އެވަޓަންއިން ބޭނުންވެއްޖެ ނަމަ، އިތުރު އެއް އަހަރަށް ހަމޭސް އެ ކުލަބުގައި ބެހެއްޓުމުގެ ފުރުސަތު އެވަޓަންއަށް ލިބެއެވެ.
ހަމޭސް އެވަޓަންއަށް ބަދަލުވިއިރު، އޭނާ ވަނީ އެވަޓަންގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީއާއެކު ރެއާލް މެޑްރިޑާއި ބަޔާން މިއުނިކުގައި މަސައްކަތްކޮށްފައެވެ. އަދި ހަމޭސް ގަތުމަށް އެވަޓަންއިން މަސައްކަތް ފެށީ އަންޗެލޮޓީގެ އެދުމުގެ މަތިން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެވަޓަންއަށް ބަދަލުވުމަށްފަހު ހަމޭސް ބުނީ ތާރީޚީ ކުލަބަކަށް ބަދަލުވެވުމުން އެކަމާ އުފާކުރާ ކަމަށާއި، އަދި އަންޗެލޮޓީއާއެކު އަނެއްކާވެސް މަސައްކަތް ކުރަން ލިބުމަކީ އޭނާއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި އެވަޓަންއާއެކު ގިނަ ކާމިޔާބީތަކެއް ހޯދައި، އޭނާގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ރެއާލް ދޫކޮށް ހަމޭސް އެވަޓަންއަށް ބަދަލުވީ، ރެއާލްގެ ފުރަތަމަ އެގާރައިން ފަހަކަށް އައިސް ޖާގަ ނުލިބޭތީއެވެ. އެގޮތުން މިދިޔަ ސީޒަނުގައި ހަމޭސް ރެއާލަށް ކުޅެދީފައިވަނީ އެންމެ 14 މެޗެވެ.
2014 ވަނަ އަހަރު ރެއާލް އާއި ގުޅުނު ހަމޭސް ވަނީ ރެއާލްއަށް 85 މެޗު ކުޅެދީ 29 ގޯލް ޖަހާފައެވެ.
ހަމޭސް ވަނީ ރެއާލްއާއެކު ސްޕެނިޝް ލަލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕާ ކަޕް އަދި ފީފާ ކްލަބު ވޯލްޑް ކަޕް، މި ކޮންމެ މުބާރާތެއް ދެ ފަހަރު ކާމިޔާބުކޮށްފައެވެ.
އެވަޓަންއިން ހަމޭސްގެ ސޮއި ހޯދިއިރު، އެ ކުލަބުން ވަނީ އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ނާޕޮލީއަށް ކުޅެމުން އައި ބްރެޒިލް މިޑްފީލްޑަރު އެލަންގެ ސޮއިވެސް ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް