ރިލްވާންގެ މަރުގެ ތަހުގީގު އެކަށީގެންވާ ގޮތުގައި ނުކުރޭ: އެމްއެމްސީ

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި މިހާތަނަށް އެކަށީގެންވާ ތަހުގީގެއް ކޮށްފައި ނުވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ. މިއަދަކީ ...

08 Aug 2020 | 18:55

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު މައްސަލައިގައި މިހާތަނަށް އެކަށީގެންވާ ތަހުގީގެއް ކޮށްފައި ނުވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.

މިއަދަކީ ރިލްވާން ގެއްލުނުތާ ހަ އަހަރު ފުރުނު ދުވަހެވެ.

މީޑިއާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލަ ތަހްގީގުކޮށް ފިޔަވަޅު އެޅުމުގައި ކަމާބެހޭ މުއައްސަސާތަކުން އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައި ނުވާތީ އެކަމާ ހިތާމަކުރާ ކަމަށެވެ. އެ ބަޔާނުގައި ބުނީ ވޭތުވެ ދިޔަ ތަނުގައި އެކަށީގެންވާ މަސައްކަތެއް ކުރެވުނު ނަމަ އެކަމުގެ ފުރިހަމަ ހަގީގަތް އެނގި، މިހާރު އޮންނާނީ އިންސާފު ގާއިމް ކުރެވިފައި ކަމަށެވެ.

އެމްއެމްސީން ބުނީ މި މައްސަލައިގަ އިންސާފަށް ވާސިލްވާން ހުރަސްތަކެއް ކުރިމަތިވިކަން ފާހަގަވެގެން ދިޔަ ކަމަށެވެ. އެގޮތުން އެ ބަޔާނުގައި ފާހަގަ ކޮށްފައިވަނީ މަރު ކޮމިޝަނުން ތަހުގީގު ނިންމައި އެކުލަވާލި ރިޕޯޓުގެ ބައެއް މައުލޫމާތުތައް އާންމު ވުމާއި އެ މައުލޫމާތުތައް އާންމުވުމަކީ ތަހުގީގަށް އެޅުނު ހުރަހެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވި ވާހަކައެވެ.

ދައުލަތުގެ މުއައްސަސާއެއްގެ އިހްމާލުން ނުވަތަ ފަރުވާކުޑަ ކަމުގެ ސަބަބުން ވިޔަސް އެ މައްސަލައިގެ އިންސާފަށް ހުރަސްއެޅޭނެ ފަދަ މައުލޫމާތުތަކެއް އާންމުވުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް އެ ކައުންސިލުން ވަނީ ގޮވާލާފަ އެވެ.

ރިލްވާން ގެއްލުނު މައްސަލައިގަ މަރު ކޮމިޝަނުން ކުރަމުންދާ ތަހުގީގަށް އެހީތެރިވުމަށް ބޭރުގެ ތަޖުރިބާކާރަކު ގެނައުމަށް ވަނީ ނިންމާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް