އައްޑޫ ސިޓީގައި ހޯމް ކަރަންޓީނުގައި ހުރި ފުލުހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ ލައިވްގައި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ މެނޭޖަރު ޝަރަފުއް ސާދާތާ ހަވާލާދީ ބުނެފައިވަނީ އެއީ މި މަހުގެ ހަ ވަނަ ދުވަހު އައްޑޫއަށް ދިޔަ މީހެއް ކަމަށެވެ.
ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ މީޑިއާ އޮފިސަރ މޫސާ ވަސީމް ވިދާޅުވީ އައްޑޫ ސިޓީ ފޭދޫގައި ފުރަބަންދު ކަރަންޓީނުގައި ހުރި 38އަހަރުގެ ދިވެހި ފިރިހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށާއި މި މީހާ ދަތުރުކޮށްފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު ޓެސްޓުކުރުމަށް ސާމްޕަލްނެގުމަށްފަހުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް