ކޯވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވް ވި އަދަދު އަނެއްކާވެސް 100 އިން މައްޗަށް ގޮސްފިއެވެ. އެގޮތުން މިއަދު މިވަނީ 129 މީހަކު ޕޮޒިޓިވް ވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވް ވި 129 މީހުންގެ ތެރޭގައި 93 ދިވެއްސަކާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 26 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ނޭޕާލަށް ނިސްބަތްވާ މީހަކު ހިމެނެއެވެ. މިއާއެކު ޖުމްލަ އަދަދު މިވަނީ 4898 އަށް އަރާފައެވެ.
މިއަދު ޕޮޒިޓިވް ވި އަދަދު 129 އަށް އަރާފައިވާއިރު އިއްޔެ އަދި ކުރީ ދުވަހު އަދަދު އުޅުނީ 80އިގައެވެ. މިއަދު 100 އިން މައްޗަށް ގޮސްފައިވާއިރު ދުވަހަށް މައުލޫމާތުދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ މިއަދުވެސް ރޭންޑަމް ސާމްޕްލިންގެ ގޮތުގައި 200 އާއި 300 އާއި ދެމެދުގެ އަދަދަކަށް ރޭންޑަމް ސާމްޕަލް ނަގާފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް