ކޯވިޑާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކާއި މެދު ރައްޔިތުން ދެކޭގޮތް މަޖިލީހުން ބަލަނީ

ކޯވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކާއި މެދު އާންމު ރައްޔިތުންނާއި ސިއްހީ ދާއިރާގެ ކަމާ ގުޅޭ ބޭފުޅުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ. މަޖިލީހ...

08 Aug 2020 | 15:53

ކޯވިޑް-19 އާއި ގުޅިގެން ހެލްތް މިނިސްޓްރީން އަޅަމުންދާ ފިޔަވަޅުތަކާއި މެދު އާންމު ރައްޔިތުންނާއި ސިއްހީ ދާއިރާގެ ކަމާ ގުޅޭ ބޭފުޅުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފި އެވެ.

މަޖިލީހުގެ އިދާރާއިން ބުނީ ކޯވިޑް-19 ގެ ޕެންޑަމިކް އާއި ގުޅިގެން ހެލްތް މިނިސްޓްރީން ކަންކަން ހިންގަމުން ގެންގޮސްފައިވާ ގޮތާއި މިހާރު ކުރިޔަށް ގެންދާގޮތާއި ކުރިޔަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިޔަށް ގެންދަން ރާވާފައިވާ ގޮތާއި މެދު ދެކޭގޮތް މަޖިލީހުން އެނގެން ބޭނުންވާ ކަމަށެވެ. މި ފުރުސަތުގައި ހިޔާލެއް ނުވަތަ ޝުއޫރެއްވެސް ފާޅު ކުރެވިދާނެ އެވެ.

މަޖިލީހުން ބުނީ ހިޔާލު ފާޅު ކުރަން ބޭނުންވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުން އެދޭ ކަމަށެވެ. ހިޔާލު ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.

ކޯވިޑް-19 އާއި ގުޅިގެން މިދިޔަ އޭޕްރިލް މަހު އެޅި ހަރުކަށި ފިޔަވަޅުތަކަށް ބޮޑެތި ލުއިތަކެއް ދިނީ މިދިޔަ މަހުގެ އެއް ވަނަ ދުވަހު އެވެ. ލުއި ދިނުމާއި އެކު ކޯވިޑް ކޭސްތައް ކުއްލިއަކަށް އިތުރުވެ މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ވަނީ ރެކޯޑު އަދަދަކަށް ދިވެހިންނާއި އެކު ކޯވިޑަށް މީހުން ޕޮސިޓިވް ވެފައި އެވެ.

އަދި އަތޮޅު ތެރޭގެ ގިނަ ރަށްތަކެއްގައިވެސް ކޯވިޑަށް ޕޮސިޓިވް މީހުން އެބަތިއްބެވެ. އޭގެ ތެރޭގައި ގިނައީ މާލެއިން ހޯމް ކަރަންޓީނަށް ގޮސް ތިބި މީހުންނެވެ.

އެހެންވެ މިދިޔަ ބުދަ ދުވަހު އެޗްޕީއޭއިން ވަނީ ދީފައިވާ ބައެއް ލުއިތައް ހަރުކަށިކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް