ރޭގެ ވަގުތެއްގައި އިންޑިއާގެ ކާލިކޮޓް އެއާޕޯޓަށް ޖެއްސުމުގެ ތެރޭގައި ކައްސާލައިގެން ފްލައިޓް ވެއްޓި ހިނގި ހިތާމަވެރި ހާދިސާގައި މަރުވި ޕައިލަޓް، ކެޕްޓަން ދީޕަކް ޝަތޭ މަރުވިއިރު، އޭނާ އުޅުނީ މާދަމާ އަކީ އޭނާގެ މަންމަގެ އުފަންދުވަސް ކަމުން، މަންމަ ގާތަށް ގޮސް ސަޕްރައިޒެއް ދޭން ކަމަށް މީޑިއާ ރިޕޯޓަތައް ބުނެފިއެވެ.
އެގޮތުން ބުނެފައިވާގޮތުގައި މާދަމާ އޭނާގެ މަންމައަށް 84 އަހަރު ފުރޭނެއެވެ. ސަތޭ ރާވައިގެން ހުރީ މާދަމާ އޭނާގެ އަވަށް، ނާގްޕޫރަށްގޮސް އޭނާގެ މަންމައަށް އުފަންދުވަހުގެ ސަޕްރައިޒެއް ދިނުމަށް ކަމަށް ބުނެފައިވެއެވެ.
މަރުވި އިރު ސަތޭގެ އުމުރަކީ 58 އަހަރެވެ. ކެޕްޓަން ދީޕަކް ސަތޭގެ އިތުރުން ފްލައިޓްގެ އަނެއް ޕައިލެޓްވެސް ވަނީ މަރުވެފައެވެ. އަދި ފްލައިޓުން ދަތުރުކުރި 16 ޕަސިންޖަރަކުވެސް މި ހާދިސާގައި މަރުވިއެވެ.
ކާލިކޮޓް އެއާޕޯޓަށް އެއާ އިންޑިއާގެ ފްލައިޓް ޖެއްސި ވަގުތު ހިނގި ހިތާމަވެރި ހާދިސާގައި އެ ފްލައިޓްވެސް ވަނީ ދެބުރި ވެފައެވެ. ހާދިސާ ހިނގިއިރު ފްލައިޓްގައި 190 މީހުން ތިއްބެވެ. އެ ފްލައިޓަކީ ކޯވިޑާއި ގުޅިގެން ދުބާއީގައި ތާށިވެފައިތިބި އިންޑިއާގެ ރައްޔިތުން ގޮވައިގެން އިންޑިއާއަށް ދިޔަ ފްލައިޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް