ފުޑް އެލޮވަންސް ކަނޑާލިކަމަށް ދެކެވޭ ވާހަކައިގާ ފުލުހުން ބުނަނީ އެކަންކަން މުރާޖައާ ކުރަމުން އަންނަ ކަމަށް

ފުލުހުންގެ ބައެއް މުވައްޒަފުންނަށް ކުރިން މުސާރައިގާ ހިމަނައިގެން ދެމުން އަންނަ ފުޑް އެލޮވަންސް ކަނޑާލިކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ފުލުހުން އެކަމުގައި ބަސް ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމ...

08 Aug 2020 | 14:11

ފުލުހުންގެ ބައެއް މުވައްޒަފުންނަށް ކުރިން މުސާރައިގާ ހިމަނައިގެން ދެމުން އަންނަ ފުޑް އެލޮވަންސް ކަނޑާލިކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން ފުލުހުން އެކަމުގައި ބަސް ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހަމަހަމަ އުސޫލަކުން ހުރިހާ ފުލުހުންނަށް ކެއުމުގެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މިހާރު ބައެއް ފުލުހުންނަށް ކެއުމުގެ އިންތިޒާމު ހަމަޖައްސާގޮތް މުރާޖާ ކުރުމުގެ މަސައްކަތް ކުރެވެމުން އެބަދާކަމަށެވެ.

"މި ބަދަލުގެނައުމުގައި ފުލުހުންގެ މަރުކަޒުން ކެވޭނެ އިންޒާމް ހަމަޖެހިފައިވާ މަރުކަޒުތަކުގައި މަސައްކަތްކުރާ ހުރިހާ ފުލުހުންވެސް މެސް ރޫމުން ކެވޭނެ އިންތިޒާމު ހަމަޖެހޭނެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިހެން ބުނެފައިވާއިރު ސޯޝަލް މީޑިއާ ބައެއް ޕްލެޓްފޯމްތަކުގައި ވާހަކަދެކެވޭގޮތުގައި ޕޮލިސްގައި ފެށުނީއްސުރެ އިންޓެލް އަދި އެއާޕޯޓްފަދަ ޑިޕާޓްމަންޓްތަކަށް މުސާރައިގަ ހިމަނައިގެން ދެމުންގެންދާ ފުޑް އެލޮވެންސް ސެޕްޓެމްބަރު މަހުން ފެށިގެން ކަނޑާލުމަށްފަހު ކެއުން ބުއިމުގެ ކަންކަން ޕޮލިސް މެސްއިން ދޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި މިހާރު އެލޮވަންސް ލިބެމުންދާ ފުލުހުންނަށް ވަނީ ސެޕްޓެމްބަރު މަހުން ފެށިގެން ނުލިބޭނެކަން މިހާރު ވަނީ އަންގާފައި ކަމުގައިވެސް އަޑު ފެތުރިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް