ދިޝާ މަރުވި އިރު ރޭޕްކޮށް ބަނޑުބޮޑުކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ސުޝާންތު ސިންގް ރާޖްޕުޓުގެ ކުރީގެ މެނޭރަު ދިޝާ ސަލިއާން މަރުވި އިރު ރޭޕްކޮށް ބަނޑުބޮޑުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ. ދިޝާ މަރުވެފައިވަނީ އިމާރާތެއްގެ މަތިން ފުންމާލުމުން ބޮލަށް ލިބުނު ...

08 Aug 2020 | 12:06

ސުޝާންތު ސިންގް ރާޖްޕުޓުގެ ކުރީގެ މެނޭރަު ދިޝާ ސަލިއާން މަރުވި އިރު ރޭޕްކޮށް ބަނޑުބޮޑުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

ދިޝާ މަރުވެފައިވަނީ އިމާރާތެއްގެ މަތިން ފުންމާލުމުން ބޮލަށް ލިބުނު އަނިޔާތަކާއި ގުޅިގެން ކަމަށް އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުގައި ބުނެފައިވެ އެވެ. ދިޝާ މަރުވީ ސުޝާންތު އަމިއްލައަށް މަރުވުމުގެ ހަ ދުވަސް ކުރިން ކަމަށްވާއިރު އެ ދެ މީހުންގެ މަރުގެ ފަހަތުގައި ވަނީ އެއްބައެއް ކަމަށް ތުހުމަތު ކުރެ އެވެ.

މަރުވި އިރު ދިޝާ ބަނޑުބޮޑުކަމަށާއި އޭނާ އިމާރާތުގެ މަތިން ވައްޓާލައި މަރާލީ ކަމަށް މައުލޫމާތު އެނގޭ ބަޔަކާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ. އެކަމަކު އެ ވާހަކަތައް މިއަދު ދިޝާގެ ބައްޕަ ސަތީޝް ސަލިއާން ވަނީ ދޮގުކޮށްފައި އެވެ.

އެ މައްސަލަ ތަހުގީގު ކުރާ މުމްބާއީ ފުލުހުންނާއި ހަވާލާދީ ސަތީޝް ބުނެފައިވާގޮތުގައި ދިޝާގެ މަރާ ގުޅިގެން ފުލުހުން މިހާތަނަށް ކޮށްފައިވާ ހުރިހާ ތަހުގީގީ ރިޕޯޓުތަކާއި ޕޯސްޓްމޯޓަމް ރިޕޯޓާއި އޭނާގެ ސިއްހީ ހާލަތު ދެނެގަންނަން ކޮށްފައިވާ ޓެސްޓުތަކުގެ ނަތީޖާތައް އާއިލާއަށް ދައްކާފައިވާ ކަމަށެވެ. އެއިގެން އެއްވެސް ރިޕޯޓެއްގައި ދިޝާ މަރުވި އިރު ރޭޕްކޮށްފައިވާ ކަން އަދި ބަނޑުބޮޑުކަން އެނގެން ނެތްކަމާއި އޭނާ ދުވަހަކުވެސް ބަލިވެ އިނދެފައިނުވާކަމަށް ރިޕޯޓުތަކުން އެނގޭ ކަމަށެވެ.

ސުޝާންތުގެ އެކުވެރިއަކު މީޑިއާ އާއި ފުލުހުންނަށް ދިން މައުލޫމާތަށް ބަލާއިރު އެ ދެމީހުން އަމިއްލައަށް މަރުވުމުގެ ފަހަތުގައި ވަނީ ނުފޫޒުގަދަ ބައެއް މަޖުބޫރެވެ. އެއީ ދިޝާ މަރުވުމުގެ ހަފްތާއެއްހާ ދުވަސް ކުރިން ސުޝާންތުގެ ކިބައިން ގިނައިން ބޭރަށް ގޮސް ނޫޅުމަށާއި ފިލްމީ ދާއިރާގެ ނުފޫޒުގަދަ ޑައިރެކްޓަރުންނާއި އެކު ފާޓީކޮށް ނުހެދުމަށް އެދުނު ކަމަށް ސުޝާންތާއި ދެކެވުނު ވާހަކަތަކެއްގައި ބުނި ކަމަށް އެކުވެރިޔާ ބުނެފައިވެ އެވެ.

ސުޝާންތު އޭނާގެ އެކުވެރިޔާ ކައިރީ އެ ވާހަކަތައް ދެއްކި ކަމަށް ވަނީ މަރުވުމުގެ ތިން ދުވަސް ކުރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް