އިހަވަންދޫ މޮނީޓަރިން ހާލަތު އުވާލައިފި، މާސްކު އެޅުން މަޖުބޫރު، ނާޅާނަމަ ޖޫރިމަނާ ކުރާނެ

ޕޮޒިޓިވް ކޭސްތަކެއް ފެނިގެން މޮނީޓަރިން ހާލަތަށް ގެންދިޔަ، ހއ. އިހަވަންދޫގައި އިއުލާނު ކޮށްފައި އޮތް މޮނީޓަރިން ހާލަތު އުވާލައިފިއެވެ. މިކަމާއި ގުޅިގެން އެކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެ...

08 Aug 2020 | 07:34

ޕޮޒިޓިވް ކޭސްތަކެއް ފެނިގެން މޮނީޓަރިން ހާލަތަށް ގެންދިޔަ، ހއ. އިހަވަންދޫގައި އިއުލާނު ކޮށްފައި އޮތް މޮނީޓަރިން ހާލަތު އުވާލައިފިއެވެ.

މިކަމާއި ގުޅިގެން އެކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާގޮތުގައި އެ ހާލަތު އުވާލާފައިވަނީ ޕޮޒިޓިވް ވި ފަރާތްތަކާއި ކޮންޓެކްޓްވި ފަރާތްތައް ދެނެގަނެވިފައިވާތީއެވެ.

މޮނީޓަރިން ހާލަތު އުވާލި ނަމަވެސް ބައެއް ފިޔަވަޅުތައް ދެމެހެއްޓުމަށް އެރަށު ކޯވިޑް އޮޕަރޭޝަންސް ސެންޓަރަށް ލަފާދޭ ކޮމިޓީން ވަނީ ނިންމާފައެވެ.

އެ ފިޔަވަޅު ތަކަކީ:-

  • ޒަރޫރީ ބޭނުންތަކުގައި ކޮންމެހެން ގެއިން ބޭރަށް ނިކުންނަން ޖެހޭ ފަރާތްތައް ފިޔަވައި، އެހެން ފަރާތްތައް ގޭގައި މަޑުކުރުން.
  • ބޭރަށް ނިކުމެ އުޅޭއިރު ހުރިހާ ފަރާތްތަކުން މާސްކު އެޅުން މަޖުބޫރުކުރުން، އަދި މާސްކު ނާޅާނަމަ ޖޫރިމަނާކުރުން.
  • އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން މިސްކިތްތަކަށް ދިއުމަކީ ރައްކާތެރިކަމަކަށް ނުވާތީ އެކަން ނުކުރުން.
  • މިސްކިސްތްތަކަށް ދާ ފަރާތްތަކުން މާސްކު އަދި މުސައްލަ ބޭނުންކުރުން.
  • އާންމު ހިދުމަތް ފޯރުކޮށްދޭ ހުރިހާތަނެއް، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތްތައް އިންތިޒާމް ކުރުން. އަދި ހިދުމަތް ހޯދަން ދާ ފަރާތްތަކުންވެސް މާސްކު އެޅުން.
  • އެއް ރަށުން އަނެއް ރަށަށް، ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުން.
  • މަސްވެރިކަމަށް ނުކުމެ އުޅުމަށް ހުއްދަ ދިނުން.
  • އިތުރު ކޭސްތައް ފެނިއްޖެ ހާލަތެއްގައި ރަށް މޮނީޓަރިންގ ހާލަތަށް ގެނެސްފިނަމަ، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހާއްސަ ހުއްދައެއް ނެގުން.

މިއެވެ.

އެ ރަށް މޮނީޓަރިން ހާލަތުގައި އޮތުމުން ރަށުގެ ސްކޫލުގެ ކިޔެވުން ނުފަށާނެ ކަމަށް ކުރިން ބުނެފައިވެއެވެ. ނަމަވެސް ކަރަންޓީނު އުވާލުމުން، ސްކޫލު ކިޔެވުން މިހާރު ފަށަން ވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް