ހޯމް ކަރަންޓީނަށް ފޮނުވުމަގައި ދެން ބަލާނީ ފަސް ކަމަކަށް

ރަށްރަށަށް ހޯމް ކަރަންޓީނަށް ފޮނުވުމުގައި ދެން ބަލާނީ ފަސް ކަމަކަމަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ. ހޯމް ކަރަންޓީން ކުރާ އުސޫލަށް ބަދަލު ގެނެސް އެ އުސޫލު ހަރުކަށި ކުރީ މާލެ ސަރަހަ...

08 Aug 2020 | 06:40

ރަށްރަށަށް ހޯމް ކަރަންޓީނަށް ފޮނުވުމުގައި ދެން ބަލާނީ ފަސް ކަމަކަމަށް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

ހޯމް ކަރަންޓީން ކުރާ އުސޫލަށް ބަދަލު ގެނެސް އެ އުސޫލު ހަރުކަށި ކުރީ މާލެ ސަރަހައްދުގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާތީ އެވެ. މިފަހަކުން ހޯމް ކަރަންޓީނަށް ރަށްރަށަށް ދާ ގިނަ ބަޔަކު ދަނީ ޕޮސިޓިވް ވަމުންނެވެ.

އެޗްޕީއޭއިން ކުރިން އަމަލު ކުރި އުސޫލުތަކަށް ބަދަލު ގެނެސް އާންމު ކުރި އުސޫލުގައި ބުނެފައިވާ ގޮތުގައި ދެން ހޯމް ކަރަންޓީނަށް ފޮނުވުމުގައި ބަލަނާނީ ފަސް ކެޓަގަރީއަކަށެވެ. އެ ފަރާތްތަކަށްވެސް ހޯމް ކަރަންޓީނަށް ދެވޭނީ  "ހާލުބެލުން" ޕޯޓަލްގައި ރެޖިސްޓްރީ ވެގެންނެވެ..

އޭގެ ތެރޭގައި ހިމެމެނެނީ ސިއްހީ ފަރުވާއަށް މާލެ އައިސް ރަށަށް ދާން ބޭނުންވާ މީހުން

ރަސްމީ ބޭނުމަކަށް މާލެ އައިސް ރަށަށް ދާން މީހުން

މާލޭގައި ދިރިއުޅޭ ދަން ދޫކޮށްލައި ރަށަށް ދިރިއުޅުން ބަދަލު ކުރަން ޖެހޭ މީހުން

ވަޒީފާ ގެއްލިގެން ނުވަތަ ވަޒޯފާ ރަށަށް ބަދަލު ކުރާ މީހުން

ޝަރުއީ ކޯޓަކަށް ހާޒިރުވާން ޖެހޭ މީހުން

އާ އުސޫލުގައި ބުނެފައިވާ ގޮތުގައި މާލެ އިން ރަށަށް ދިއުމަށް ޓިކެޓު ނަގަން ވެސް ޖެހޭނީ ކަރަންޓީން ލިޔުމާއި ބިލްޑިން މޮނިޓަރިން ނޯޓިސް ލިބުމުންނެވެ.

ކުރިން އަމަލު ކުރި އުސޫލުގެ ދަށުން ހޯމް ކަރަންޓީނަށް ރަށަށް ދާން ބޭނުންވާ މީހުން އެކަމަށް އެދުމުން ކަރަންޓީން ވާން އެކަށީގެންވާ ގެއެއް ހަމަޖެއްސުމުން ރަށުގައި ކަރަންޓީން ވުމުގެ ހުއްދަ ކައެޗްޕީއޭއިން ދިޔައީ ދެމުންނެވެ.

ހޯމް ކަރަންޓީނަށް ދިއުމުގެ އުސޫލަށް ބަދަލު ގެނެސް ހަރުކަށި ކުރަން ޖެހުނު މައިގަނޑު އެންމެ ބޮޑު ސަބަބީ އަތޮޅުތެރެއަށް ބަލި ފެތުރުން ކޮންޓްރޯލް ކުރުމެވެ.

މާލޭގެ އިތުރުން ކޯވިޑް ޖެހިފައިވާ މީހުން މިހާރު ތިބީ ހއ. ކެލާ، އިހަވަންދޫ، ފިއްލަދޫ، ހދ. ނާވައިދޫ، ބ. ކުޑަރިކިލު، ކަމަދޫ، ރ. އިނގުރައިދޫ، ރ. ހުޅުދުއްފާރު ޅ. ހިންނަވަރު، ކ. މާފުށި، ވ. ފުލިދޫ އަދި ފުވައްމުލަކު ސިޓީގައި އެވެ. އަދި ހަތް ރިސޯޓަކުން ހަ ޓޫރިސްޓަކާއި ނުވަ މުވައްޒަފަކު ވެސް ކޯވިޑަށް މިހާރު ޕޮޒިޓިވް ކަމަށް އެޗްޕީއޭ އިން ރޭ ބުންޏެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 4،769 އަށް މިހާރު ވަނީ އަރައިފަ އެވެ. މި ބަލީގައި 19 މީހަކު ވަނީ މަރުވެފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް