އިންޑިއާގެ ކެރެލާ ސްޓޭޓްގެ ކާލިކޯޓު އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި ރޭ ވެއްޓުނު އެއާ އިންޑިއާގެ ފްލައިޓް ވެއްޓި ބަޔަކު މަރުވި ހާދިސާއާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ތައުޒިޔާ ފޮނުއްވައިފިއެވެ.
މި ހާދިސާއާއި ގުޅިގެން ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހާދިސާގެ ހަބަރު އަޑުއެއްސެވީ ހިތާމައާއެކުގައި ކަމަށާއި މި ހާދިސާގެ އަސަރު ކުރި ފަރާތްތަކުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާ ކަމަށެވެ.
ދުބާއީ އިން ފުރައިގެން ކާލިކޯޓަށް ޖައްސަން ދިޔަ ފްލައިޓް ވެއްޓުނީ ޖައްސަން ގާތްވެފައިވަނިކޮށް ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ. މި ހާދިސާގައި ޖުމްލަ 18 މީހަކު މަރުވެފައިވާކަން މިހާތަނަށް މިވަނީ ކަށަވަރުވެފައެވެ. އޭގެ ތެރޭގައި ފްލައިޓްގެ ދެ ޕައިލެޓަކު ހިމެނޭކަމަށް އެއާ އިންޑިއާއިން ބުނެފައިވެއެވެ.
https://twitter.com/ibusolih/status/1291896001008033792
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް