އަޔުޝްމަންގެ "ދަ ޓްރިލް" ގެ ބައިވެރިއަކަށް ވާނީ ކަޕޫރު

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަލަތްް އަޔުޝްމަން ކުރާނާގެ ކުރިޔަށް އޮތް ފިލްމުގައި އޭނާގެ ބައިވެރިއެއްގެ ރޯލު ކުޅޭ އަންހެން ބައިވެރިއަކަށް ވާނީ ކަޕޫރު ހަމަޖައްސައިފި އެވެ. މި ފިލްމުގައި އަޔުޝްމަންއ...

08 Aug 2020 | 03:18

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަލަތްް އަޔުޝްމަން ކުރާނާގެ ކުރިޔަށް އޮތް ފިލްމުގައި އޭނާގެ ބައިވެރިއެއްގެ ރޯލު ކުޅޭ އަންހެން ބައިވެރިއަކަށް ވާނީ ކަޕޫރު ހަމަޖައްސައިފި އެވެ.

މި ފިލްމުގައި އަޔުޝްމަންއަކީ ދުވުންތެރިއެކެވެ. މި ފިލްމަކީ ވަރުގަދަ ލޯބީގެ ފިލްމަކަށް ވާއިރު ފިލްމު ބިނާކޮށްފައިވަނީ އިންޑިއާގައި އާންމުކޮށް އުފެދޭ ލޯބީގެ ގުޅުމެއްގެ ތެރޭގައި ހިނގާ ހަމަނުޖެހުންތަކެއްގެ މައްޗަށެވެ.

މި ފިލްމަށް ދީފައިވާ ނަމަކީ "ދަ ޓްރިލް" އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ މަޝްހޫރު ޑައިރެކްޓަރު އަބީޝެކް ކަޕޫރެވެ.

މި ފިލްމުގެ މަސައްކަތްތައް ކޯވިޑް-19 އާއި ގުޅިގެން ފެށުން އޮތީ ލަސްވެފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ފިލްމުގެ މަސައްކަތް ދެން ފަށަން ހަމަޖައްސާފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އެވެ.

މި ފިލްމު ރިލީޒް ކުރާނެ ދުވަހެއް އަދި ކަނޑަނޭޅި ނަމަވެސް އަންނަ އަހަރުގެ ކުރީކޮޅު ފިލްމު ރިލީޒް ކުރާނެ ކަމަށް ބެލެވެ އެވެ.

އަޔުޝްމަން ކުރާނާ އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި "ޑްރީމް ގާލް" އިންނެވެ. ވާނީ ކަޕޫރު އެންމެ ފަހުން ފެނިގެން ދިޔައީ މިދިޔަ އަހަރު ރިލީޒް ކުރި "ވާ" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް