ކޯވިޑް-19 އަށް އިތުރު 16 މީހަކު ޕޮސިޓިވް ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު ޕޮސިޓިވްވެފައިވަނީ 11 ދިވެހިންނާއި ފަސް ބިދޭސީންނެވެ. ޕޮސިޓިވްވި ފަސް ބިދޭސީންނަކީ ބަންގްލަދޭޝް މީހުންނެވެ.
މިއަދު ވަނީ އިތުރު 22 މީހަކު ބަލިން ރަނގަޅުވެފައި އެވެ. މިހާރު ކޯވިޑަށް ފަރުވާ ދެމުންދަނީ 319 މީހުންނަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 2.517 މީހުންނެވެ. އޭގެ ތެރެއިން 13 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.
https://twitter.com/HPA_MV/status/1280918270137204743
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް