މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އަންގަވައިފި

މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އަންގަވައިފި ޓުއަރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފިއެވެ. ރައީސް އޮފީ...

08 Jul 2020 | 16:45

މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އަންގަވައިފި

ޓުއަރިޒަމް މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަންގަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެފައިވަނީ މަސައްކަތުގެ  މާޙައުލުގައި  ހިނގައިގެން ނުވާނެފަދަ  އަޚްލާގީ  މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި  ހިނގާފައި ވާކަމުގެ  ޝަކުވާ  އެމިނިސްޓްރީގެ  މުވައްޒަފުންތަކެއް  ވަނީ ރައީސުލްޖުމްހޫރިއްޔާ  އަށާއި ޖެންޑަރ  މިނިސްޓްރީ  އަށް  ހުހަޅާފައި ކަމަށާއި މިކަމާއި ގުޅިގެން މިނިސްޓަރު ކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް ވަނީ މިރޭ އަންގަވާފައި ކަމުގައިވެސް ހޫދު ވިދާޅުވެފައިވެއެވެ.

https://twitter.com/MvSpokesperson/status/1280902494629933056

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިނިސްޓަރު އަލީ އިސްތިއުފާ ދެއްވަން ރައީސް އެންގެވީ މުވައްޒަފަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާއެކުގައެވެ. އެފަދަ މައްސަލަތަކެއް ޖެންޑަރ މިނިސްޓްރީ އަށް ހުށަހަޅާފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވެއެވެ.

ތަފްސީލް އަންނަނީ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް