މެދުކެނޑުމަކަށްފަހު ގައިދީންގެ އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ފަށައިފި

ކޮވިޑް-19 ގެ ސަބަބުން ހަތަރު މަހެއްހާ ދުވަސް މެދުކެޑުމަކަށްފަހު ގައިދީންނާއި ބަންދު ގައި ތިބި މީހުންގެ އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ފަށައިފިއެވެ. ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަ...

08 Jul 2020 | 15:15

ކޮވިޑް-19 ގެ ސަބަބުން ހަތަރު މަހެއްހާ ދުވަސް މެދުކެޑުމަކަށްފަހު ގައިދީންނާއި ބަންދު ގައި ތިބި މީހުންގެ އާއިލީ އަދި އެކަހެރި ބައްދަލުވުންތައް ފަށައިފިއެވެ.

ކޮވިޑް-19 ގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޤައިދީންނަށް އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވަނީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ. ކަރެކްޝަނުން ނެރެފައިވާ ދެންނެވުމެއްގައި ކޮވިޑް-19 އާއި ގުޅިގެން އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައި އޮތް އޮތުން މިހާރު ނިމުމަކަށް ގެނެސްފައިވާ ކަމަށް ބުނެފައިވެއެވެ.

ބައްދަލުވުންތައް މެދު ކަނޑާލުމަށްފަހު ކަރެކްޝަނަނުން ވަނީ ސްކައިޕް މެދުވެރިކޮށް ޤައިދީންނަށް އާއިލީ ބައްދަލުވުންތަކުގެ އިންތިޒާމް ހަމަ ޖައްސައިދީފައެވެ.

ކަރެކްޝަނުން ބުނީ ބައްދަލުވުން ބާއްވާ ދުވަސްތަކުގައި ދުވާލަކު20 ޓޯކަން ނަމްބަރު ދޫކުރަން ނިންމައި، ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންނަށް އާއިލާތަކުން ތަކެތި ފޮނުވުން އިންތިޒާމުވެސް މިހާރު ހަމަޖެހިފައިވާ ކަމަށާއި މި ޚިދުމަތް ފެށުމުގެ ގޮތުން، ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް