ރާއްޖެއަކީ ރުބެއްލާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖެއިން ރުބެއްލާ ނައްތާލެވިފައިވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަމަށެވެ. އެކަމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ޝުކުރާއި އެކު އެޗްޕީއޭއިން މަރުހަބާ ކިޔާފައިވެ އެވެ،
އެޗްޕީއޭއަކީ ރާއްޖޭގައި ފެތުރޭ ގައިގަން ގަޔަށް އަރާ ބަލިތައް ކޮންޓްރޯލް ކުރުމުގައި ހެލްތް މިނިސްޓްރީގެ ދަށުން މަސައްކަތް ކުރަން އުފައްދާފައި އޮންނަ އިދާރާއެކެވެ. ރުބެއްލާ އަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ.
https://twitter.com/HPA_MV/status/1280759051278643201
ބަލި ޖެހިފައިވާ މާބަނޑު އަންހެނާގެ ކިބައިން ބަނޑުގައިވާ ކުޑަ ދަރިފުޅަށް މިބަލީގެ އަސަރު ކުރުވާގޮތް ވެއެވެ. ބަލީގެ ނުރައްކާތެރިކަން ބޮޑުވަނީ އެހިސާބުންނެވެ.
މި ބައްޔަކީ ނޭވާލާ ނިޒާމުން ބޭރުވާ ތެއްކަމުގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ހަށިގަނޑަށް ޖަރާސީމުގެ އަސަރުކުރުމަށް ފަހު، ބަލީގެ އަސަރު ފެނުމުގެ ކުރިންވެސް އެހެންމީހުންނަށް މިވައިރަހުގެ އަސަރުކުރުން އެކަށީގެންވެއެވެ.
މިގޮތަށް ގައިން ގަޔަށް ފެތުރޭ ބައްޔެއް ކަމަށްވާ ހިމަ ބިހި ރާއްޖެއިން ނައްތާލެވިފައިވާކަން އިއުލާނު ކުރީ 2017 ވަނަ އަހަރު އެވެ. އޭގެ ފަހުން މިއަހަރުގެ ކުރީކޮޅު އަނެއްކާވެސް ހިމަބިހި ފެނިފައި އެވެ.
އެހެންވެ ގައުމީ ފެންވަރެއްގައި މިއަހަރު ތެރޭގައި ހިމަބިހި ނައްތާލުމަށް ވެކްސިން ދިނުމުގެ ކެމްޕެއިން ހިންގާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް