މެމްބަރަކު އަވަހާރަ ކޮށްލާ ވާހަކަ މަޖިލީހުގައި ދެއްކޭނެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަވަހާރަ ކޮށްލާ ވާހަކަ މަޖިލީހުގެ ޖަލްސާގައި ދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ ލޯކަލް...

08 Jul 2020 | 07:11

ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އަވަހާރަ ކޮށްލާ ވާހަކަ މަޖިލީހުގެ ޖަލްސާގައި ދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ގޮވާލައި ޑީއާރުޕީގެ ލީޑަރު، ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރުގެ ފުރަތަމަ ކިއުން މިއަދުގެ ޖަލްސާގައި އިއްވުމާއެކު ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ނިޒާމީ ނުކުތާއެއް ނަންގަވައި ފާހަގަ ކުރެއްވި ނުކުތާއަކަށް ވާހަކަފުޅު ދައްކަވަމުންނެވެ.

ޔޫނުސް ވިދާޅުވީ ޖާބިރު ގަރާރު ގާނޫނު އަސާސީ އާއި ހިލާފު ކަމަށެވެ. އަދި އެފަދަ ގަރާރެއް މަޖިލީހަށް ހުށަނޭޅޭނެ ކަމަށެވެ. ޔޫނުސްގެ މި ވާހަކަތަކަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފުވެސް ތާއީދު ކުރެއްވި އެވެ.

މިކަމާއި ގުޅިގެން ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ މަޖިލީހުގެ ގަރާރަކުން އުވާލުމުގެ ވާހަކަ އާއި މެމްބަރަކު އަވަހާރަކޮށްލުން ފަދަ ވާހަކަތައް މަޖިލީހުގައި ދެއްކޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު މަޖިލީހުގައި ގަރާރެއް ހުށަހަޅައިގެން ކޮންމެ ވާހަކައެއް ވެސް ދެއްކެވި ދާނެ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ މެމްބަރަކު އަވަހާރަކޮށްލުމާއި ގުޅޭގޮތުންވެސް ދައްކާ ވާހަކަ ދެއްކިދާނެ ކަމަށެވެ.

މަޖިލީހުގެ މެންބަރަކު އަވަހަރާކޮށްލުމުގެ ވާހަކަ ވެސް މަޖިލީހުގައި ދެއްކެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، އިސްލާމް ދީނުމުގައި މީހަކު ގަސްތުގައި މެރުމަކީ ހަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި މީހަކު މަރާލުމަކީ ގާނޫނުލް އުގޫބާތުގައި ވެސް ހިމެނޭ ބޮޑެތި ކުށްތަކުގެ ތެރެއިން ކުށެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް