ބޮޑުފިނޮޅުން ހައްޔަރު ކުރި ބިދޭސީންގެ ތަރުޖަމާނަކު ނެތި މުއްދަތު ޖެހި މައްސަލައެއް

ބ. އަތޮޅުގައި ރިސޯޓު ހަދަމުންދާ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާ ދިވެހިންތަކެއް ރަހީނު ކުރި މައްސަލައިގަ ހައްޔަރު ކުރި ބިދޭސީންގެ ތަރުޖަމާނަކު ނެތި ބަންދުގެ މުއްދަތު ޖެހި މައްސަލައެއް ޖޭއެސްސީއަށް ހ...

08 Jul 2020 | 06:04

ބ. އަތޮޅުގައި ރިސޯޓު ހަދަމުންދާ ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާ ދިވެހިންތަކެއް ރަހީނު ކުރި މައްސަލައިގަ ހައްޔަރު ކުރި ބިދޭސީންގެ ތަރުޖަމާނަކު ނެތި ބަންދުގެ މުއްދަތު ޖެހި މައްސަލައެއް ޖޭއެސްސީއަށް ހުށަހަޅައިފި އެވެ.

ބޮޑުފިނޮޅުގައި ބިދޭސީން ހަމަނުޖެހުން ހިންގި މައްސަލާގައި 19 ބިދޭސީއެއް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބ. އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.

އޭގެ ތެރެއިން ބިދޭސީއެއްގެ ގާނޫނީ ވަކީލު އާމިނަތު ނަޝްއާ އާދިލް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޖޭއެސްސީއަށް އެ މައްސަލަ ހުށަހެޅީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި މުއްދަތު ޖެހި އިރު ތަރުޖަމާނަކު ނެތުމުން ކަމަށެވެ. ނަޝްއާގެ ބަޔާނުގައި ވަނީ ފުލުހުން އަމަލު ކުރަމުންދާ ގޮތާއި މެދު ކަންބޮޑުވުން ފާޅު ކުރައްވާފައި އެވެ.

އެގޮތުން ބިދޭސީ މީހާގެ ފަރާތުން ކަން ހިނގާދިޔަ ގޮތް ފުލުހުންނަށް ކިޔައިދީފައި ވާއިރު ފުލުހުން އެ ލިޔުންތަކުގައި ސޮއި ކުރީ ތަރުޖަމާނު ހަމަޖައްސައި ނުދީ ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މުއްދަތު ޖެހި ބިދޭސީންނަށް އެ ރަށުގައި އުޅޭ ބަންގްލަދޭޝް މީހަކު ތަރުޖަމާނެއްގެ ގޮތުގައި ހަމަޖައްސައިދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް