އިންސްޓަގްރާމްގައި ދިޕިކާ ފޮލޯ ކުރާ މީހުންގެ އަދަދު 50 މިލިއަނަށް!

ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން ފޮލޯ ކުރާ މީހުންގެ އަދަދު 50 މިލިއަނަށް އަރައިފި އެވެ. ދިޕިކާ ވަނީ އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު 50 މިލިއަނަށް އެރުމުން އެކަމާއި އުފާ ކުރާ ކަމަށް ބުނެފައި އެވެ. އޭނާ...

08 Jul 2020 | 05:46

ބޮލީވުޑްގެ ބަތަލާ ދިޕިކާ ޕަދުކޯން ފޮލޯ ކުރާ މީހުންގެ އަދަދު 50 މިލިއަނަށް އަރައިފި އެވެ.

ދިޕިކާ ވަނީ އޭނާ ފޮލޯ ކުރާ މީހުންގެ އަދަދު 50 މިލިއަނަށް އެރުމުން އެކަމާއި އުފާ ކުރާ ކަމަށް ބުނެފައި އެވެ.

އޭނާ އިންސްޓަގްރާމް ބޭނުން ކުރަން ފެށީން ސުރެ ހިއްސާ ކޮށްފައިވާ މުހިންމު ފޮޓޯތައް ހިމެނޭގޮތަށް ސްޓޯރީއެއް ހަދައި ސަޕޯޓަރުންނާއި ހިއްސާކޮށްފައިވެ އެވެ.

އިންޑިއާގެ ފިލްމީ ތަރިންގެ ތެރެއިން ދީޕިކާ އަކީ އިންސްޓަގްރާމްގައި ވަރަށް ހަރަކާތްތެރި މީހެކެވެ. ލޮކްޑައުންގައި މި ދިޔަ ދެތިން މަހުވެސް އޭނާ ވަނީ ގޭތެރެއާއި ފިލްމީ ކެރިއަރުގައި ހިނގަމުންދާ ހުރިހާ ކަމެއްހެން ވަގުތުން ސަޕޯޓަރުންނާއި ހިއްސާކޮށްފައި އެވެ.

ދިޕިކިއާ އަކީ އިންޑިއާއަށް ނިސްބަތްވާ މަޝްހޫރު މީހުންގެ ތެރެއިން އިންސްޓަގްރާމްގައި 50 މިލިއަން ފޮލޯވަރުން ހަމަވި ތިން މީހާ އެވެ.

ދީޕިކާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިއަހަރު ކުރީކޮޅު ރިލީޒް ކުރި "ޗަޕާކް" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް