ސުފުރާ މަތީގައި ގިނަ ތަށިތަކެއް ބޭނުން ކުރުމުގެ ބަދަލުގައި ދަގަނޑު "ތާލީ" ބޭނުން ކުރުމަށް ބޮލީވުޑް ބަތޮލާ ބޫމީ ޕަޑްނޭކަރު އޭނާގެ ފޭނުން ކުރެން އެދިއްޖެއެވެ.
ތާލީ އަކީ ގިނަ ބައިތަކެއް ހިމެނޭ ދަގަނޑު ތަށީގެ ވައްތަރެކެވެ. އިންޑިއާގައި މިފަދަ ތަށި ބޭނުންކުރާ މަންޒަރު ފެނެއެވެ.
އާއްމު ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ވާހަކަ އަބަދުވެސް ދައްކަމުން އަންނަ މި ބަތޮލާ، ތާލީއެއް އޭނާގެ އިންސްޓަގްރާމް ސްޓޯރީއަސް ލުމަށްފަހު ބުނެފައިވަނީ ފަހި މާދަމައަކަށްއެދި ދަގަނޑު ތާލީއަށް ބަދަލުކޮށްލުން ރަނގަޅު ކަމަށެވެ. ދޮންނަންޖެހޭ ތަށިތައް މަދުވާނެ ކަމަށާއި ދޮންނަން ފެން ބޭނުންކުރަންޖެހޭ ވަރު މަދުވާނެ ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
2015ގައި "ދަމް ލަގާކޭ ހައިޝާ" އިން ފިލްމީ ދާއިރާއަށް ނިކުތް ބޫމީ އަންނަނީ މީހުން އެކި ކަންކަމަށް ހޭލުންތެރި ކުރުމަށް މިފަދަ ޕޯސްޓްތައް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް