ކަނޑުމަތީގައި މަސް ދޯންޏެއް ބިންދައިގެން ގޮސްގެން، އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކޯސްޓްގާޑުން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން، އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ އެ ދޯނި ބިންދައިގެން ގޮސްފައިވަނީ ތ. ކިނބިދޫ ބޭރުން، ހަތަރު ނޯޓިކަލް މޭލު ބޭރުގައި އޮއްވާ ކަމަށެވެ.
https://twitter.com/axvastaine7/status/1280688603379544066
ދޯނީގެ ނަމަކީ "ދިރުން-4" ކަމަށް އެމްއެންޑީއެފުން ބުނެއެވެ. 91 ފޫޓުގެ މި މަސްދޯނި ބިންދައިގެން ދިޔައިރު އޭގައި 13ފަޅުވެރިއަކު ތިބި ކަމަށާއި މިކަމުގެ މައުލޫމާތު ލިބިފައިވަނީ ހެނދުނު 07:10 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
"އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވޭ، ދޯނި ކަފުޖަހާނެ އުޅަނދެއް ހަމަޖެއްސުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން އަންނަނީ ކުރަމުން" އާޒިމް ވިދާޅުވިއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް