އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން ފޮރުވައިގެން އުޅުނު މީހަކާއި ދެކޮޅަށް މާފުށީގައި އިއްޔެ މުޒާހަރާ ކުރުމުން އެމީހާ ރަށުން ބަލާފައި އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އިއްޔެ ހަވީރު އެ ރަށުގައި މުޒާހަރާ ފެށީ ދަރިފުޅަށް ޖިންސީ ގޯނާ ކުރާކަން އެނގި ހުރި އެކަން ސިއްރު ކުރި މަންމަ އަކާއި ދެކޮޅަށެވެ. އެ އަންހެން މީހާ އަކީ އެހެން ރަށެއްގެ މީހެކެވެ.
މައްސަލަ ހޫނުވާން ފެށުމުން އެ އަންހެން މީހާ އެހެން ރަށަކަށް ގެންދިޔައީ ފުލުހުންނެވެ.
ފުލުހުން ބުނީ މާފުށީގައި އިއްޔެ މުޒާހަރާ ކުރީ އިތުރުބާރު ކުރެވޭ މަގާމެއްގައި ހުރި މީހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އިހުމާލުވި ކަމަށް ބުނެ ކަމަށެވެ. އެ މުޒާހަރާގައި ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށް ވިދާޅުވި އެވެ.
މަައުލޫމާތު ލިބިފައިވާ ގޮތުގައި 10 އަހަރުގެ އެ ކުޑަ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައި ވަނީ ދޮންބައްޕަ އެވެ. އެކަން އަންހެން މީހާއަށް އެނގިހުރި ސިއްރު ކުރީ ކަމަށްވެ އެވެ.
އެ ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވާކަން ފަޅާއެރީ ބަލިވެގެން ޑޮކްޓަރަށް ދައްކަން ކުއްޖާ ގެންދިއުމުން ޑޮކްޓަރަށް އެކަން ފާހަގަ ވެގެންނެވެ. މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެ ރަށު ސިއްހީ މަރުކަޒުން ކަމަށްވެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް