ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ ތެރެއިން އިތުރު 45 މީހަކު ބަލިން ރަނގަޅު ވެއްޖެ އެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތު ތަކުގައި ބުނެފައިވާގޮތުގައި ކޯވިޑް ޖެހުނު މީހުންގެ ތެރެއިން 2.158 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 326 މީހުންނަށެވެ.
އަލަށް ބަލި ޖެހިފައިވަނީ 10 މީހުންނަށެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި ތިން ބަންގްލަދޭޝް މީހުންނެވެ.
މިހާތަނަށް ރައްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވަނީ 2،502 މީހުންނެވެ. އޭގެ ތެރެއިން 12 މީހަކު ވަނީ މި ބަލީގައި މަރުވެފައި އެވެ.
މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ދިވެހިންނާއި ފަސް ބިދޭސީންނެވެ. ބިދޭސީންގެ ތެރެއިން މަރުވީ ހަތަރު ބަންގްލަދޭޝް މީހަކާއި ފިލިޕިންސް މީހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް