މިއަދު ޕޮސިޓިވްވީ ހަތް ދިވެހިންނާއި ހަ ބިދޭސީން

ރާއްޖެއިން އިތުރު 13 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ މިއަދި ދިވެހިންގެ ތެރެއިން ހަތް މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. ބިދޭސީންގެ ތ...

08 Jun 2020 | 17:32

ރާއްޖެއިން އިތުރު 13 މީހަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުތަކުގައި ބުނެފައިވަނީ މިއަދި ދިވެހިންގެ ތެރެއިން ހަތް މީހަކު ޕޮސިޓިވްވެފައިވާ ކަމަށެވެ. ބިދޭސީންގެ ތެރެއިން ޕޮސިޓިވްވެފައިވަނީ ބަންގްލަދޭޝްގެ ފަސް މީހަކާއި އިންޑޮނީޝިއާ މީހެކެވެ.

މިއާއި އެކު ރާއްޖެއިން ޖުމްލަ ޕޮސިޓިވްވި މީހުންގެ އަދަދު ވަނީ 1،916 މީހުންނަށް ވަނީ އިތުރުވެފައި އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހު ކޯވިޑަށް ޕޮސިޓިވްވަމުންދަނީ ވަރަށް މަދުންނެވެ. އެކަމަކު އެޗްޕީއޭއިން ބުނީ އަދި ބަލި ކޮންޓްރޯލް ކުރެވުނީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ.

މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ981 މީހަކަށެވެ.

މި ބަލީގައި މިހާތަނަށް އަށް މީހަކު ވަނީ މަރުވެފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް