އިތުރު 100 އެއްހާ މީހުން ކޯވިޑުން ރަނގަޅުވެއްޖެ އެވެ.
އެޗްޕީއޭއިން މިރޭ އާންމު ކުރި މައުލޫމާތުތަކަށް ބަލާއިރު މިއަދު ހަވީރު 6:00 ގެ ނިޔަލަށް ވައިރަހަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ޖުމްލަ 925 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއަދު އެކަނި 98 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ.
ބަލިން ރަނގަޅުވި ކަމަށް ކަނޑައަޅާ އުސޫލަށް ބަދަލު ގެނައި ފަހުން ގިނަ ބަޔަކު ބަލިން ރަނގަޅުވާން ވަނީ ފަށާފައި އެވެ. އެޗްޕީއޭއިން ބުނީ21 ދުވަސް ފަހު އަލާމާތް ނުފެންނަ މީހެއް ނަމަ އިތުރު ޓެސްޓަކާއި ނުލައި ދޫކޮށްލާނެ ކަމަށެވެ.
މިހާރު ބައްޔަށް ފަރުވާ ދެމުންދަނީ 981 މީހަކަށެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ19،16 މީހުންނެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް