ނިއު ނޯމަލްގައި ލިޓަސް އިން ހިދުމަތަށް ނިކުމެއްޖެ

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޓޯމޮބައިލްސް ވިޔަފާރިކުރާ ކުންފުނި، ލިޓަސް އިން "ނިއު ނޯމަލް"ގައި ހިދުމަތަށް ނިކުމެއްޖެއެވެ. މިކަމާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން ލިޓަސްގެ ސީނިއަރ...

08 Jun 2020 | 15:04

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އޮޓޯމޮބައިލްސް ވިޔަފާރިކުރާ ކުންފުނި، ލިޓަސް އިން "ނިއު ނޯމަލް"ގައި ހިދުމަތަށް ނިކުމެއްޖެއެވެ.

މިކަމާއި ބެހޭގޮތުން ދުވަހަށް މައުލޫމާތު ދެއްވަމުން ލިޓަސްގެ ސީނިއަރ މާކެޓިން މެނޭޖަރ އާސިފް ރަޝީދު ވިދާޅުވީ މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދުގެ ހާލަތަށް ލުއިތަކެއް ދިނުމާއެކު ލިޓަސްގެ ޝޯރޫމްތަކުންނާއި ސާވިސް ސެންޓަރުތަކުން ކަސްޓަމަރުންނަށް މަރުހަބާކިޔަން މިހާރު ތައްޔާރުވެފައިވާކަމަށެވެ.

މި ބަދަލާއެކު އެންމެ ބޮޑު އިސްކަމެއްދޭނީ ކަސްޓަމަރުންގެ ސަލާމަތާ ރައްކާތެރިކަމަށް ކަމުގައި އާސިފް ވިދާޅުވިއެވެ. އެގޮތުން ޝޯރޫމްތަކުން ކަސްޓަމަރުންނަށް މަރުހަބާ ކިޔާއިރު ކަސްޓަމަރުންގެ ޓެމްޕެރޭޗަރ ޗެކް ކުރެވި ހޭންޑް ސެނަޓައިޒާ ފޯރުކޮށްދެވޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ހިދުމަތް ދިނުމުގައި ލިޓަސްއިން އަމަލުކުރަމުންދާނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމުގައިވެސް އާސިފް ވިދާޅުވިއެވެ.

"މި ހާލަތުގައި އަޅުގަނޑުމެންގެ ޝޯ ރޫމާއި ސާވިސް ސެންޓަރުތަކުން ސައިކަލުތަކަށް ސާވިސް ދޭއިރު، ސިއްހީ ދާއިރާގެ ޕްރޮފެޝަނަލުންގެ އިރުޝާދާއެކު ސައިކަލު ދޮވެ، ފުހެ ހެދުމުގައި އިތުރަށް ސަމާލުކަންދޭނެ، ޑިސް އިންފެކްޓް ކޮށްދޭނެ" އާސިފް ވިދާޅުވިއެވެ.

މީގެ އިތުރުން ލިޓަސްގެ ސާވިސް ސެންޓަރުތަކާއި ޝޯ ރޫމްތައް އަބަދުވެސް ޑިސް އިންފެކްޓް ކުރަމުންދާނެ ކަމަށާއި ޚިދުމަތް ދިނުމުގައި މުވައްޒަފުން އިޖްތިމާއީ ގައިދުރުކަން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަންވެސް އާސިފް ދެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް