ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ވަމުންދާ ތައްޔާރީތައް ވާޗުއަލްކޮށް މިރޭ ދައްކާލަނީ

ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަތުމަށް ވަމުންދާ ތައްޔާރީތައް ވާޗުއަލްކޮށް މިރޭ ދައްކާލުމަށް ތައްޔާޜުވެއްޖެ އެވެ. "މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން" ...

08 Jun 2020 | 11:53

ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ރާއްޖޭގެ ފަތުރުވެރިކަން އަލުން ފަށައިގަތުމަށް ވަމުންދާ ތައްޔާރީތައް ވާޗުއަލްކޮށް މިރޭ ދައްކާލުމަށް ތައްޔާޜުވެއްޖެ އެވެ.

"މޯލްޑިވްސް: ދަ ސަން ވިލް ޝައިން އެގެއިން" ގެ ނަމުގައި އެމްއެމްޕީއާރުސީން ދުނިޔޭގެ ބައެއް މަޝްހޫރު މީހުންނާއި ގުޅިގެން ކުރިޔަށް ގެންދާ މި ހާއްސަ ޕްރޮމޯޝަން ކުރިޔަށް ގެންދާނީ ފޭސްބުކް މެދުވެރިކޮށެވެ.

ވާޗުއަލްކޮށް ކުރިޔަށް ގެންދާ މި އިވެންޓުގައި ރާއްޖޭގެ މަންޒަރުތައް ހިމެނޭ އެއް މިނިޓްގެ ގިނަ ކްލިޕްތަކެއް ގެނެސްދޭނެ އެވެ. އަދި ރާއްޖެ އައިސްފައިވާ އެކި ފަންތިތަކުގެ ނުފޫޒު ގަދަ މީހުން ރާއްޖެއާ މެދު ދެކޭ ގޮތާއި އެ މީހުންގެ ތަޖުރިބާ ވެސް ދައްކާލާނެ އެވެ.

މި އިވެންޓޫ ކުރިޔަށް ގެންދާނީ މިރޭ8:00 ން12:00 އަށެވެ.

ކޯވިޑާއި ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އެއްކޮށްހެން ހުއްޓިފައިވާއިރު އަލުން ފަށައިގަތުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގެ އިގްތިސޯދު އަޑިއަޅާލާފައި އޮތުމުން ގިނަ ދުވަސް ޓޫރިސްޓުން ނާންނަގޮތަށް ހަދާފައި ބޭއްވެން ނެތް ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެހެންވެ މަސައްކަތް ކުރަމުންދަނީ ކޯވިޑް މިހާރު މިއޮތް ހާލަތުގައި އޮވެއްޖެ ނަމަ އަންނަ މަހު ރާއްޖޭގެ ޓޫރިޒަމް ދާއިރާ ފަށައިގަތުމަށް ވަިއގެ ބޯޑަރު ހުޅުވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް