އައްޑޫ ސިޓީ ހިތަދޫ މަގެއްގެ މަތިން ބިދޭސީއަކަށް 100،000 ރުފިޔާ ފެނިއްޖެ އެވެ.
ބަންގްލަދޭޝްގެ އެމީހާއަށް ފައިސާތައް ފެނުމުން ވަނީ ފުލުހުންނާއި ހަވާލުކޮށްފައި އެވެ.
ފުލުހުން މިއަދު ބުނީ އެ ފައިސާތައް ހޮވައިގެން އެމީހާ ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހު ކަމަށެވެ. އަދި އެ ފައިސާގެ ވެރިފަރާތް ހޯދައި މިމަހުގެ ހަވަނަ ދުވަހު މެންދުރުގެ ވަގުތެއްގައި އެ ފައިސާތައް ވެރި ފަރާތާއި ހަވާލުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.
އަމާނާތްތެރިކަމާއި އެކު އެ ފައިސާތައް ފުލުހުންނާއި ހަވާލު ކުރުމުން ފުލުހުން ބުނެފައިވަނީ ކޮންމެ މީހަކީ ވެސް ތެދުވެރި މީހަކަށްވެއްޖެ ނަމަ، ކުށްތަކާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތްކުރެވިދާނެ ކަމަށެވެ.
އެ ބިދޭސީ މީހާއަށް ހިތަދޫ ޕޮލިސް ސްޓޭޝަނުން ވަނީ ޝުކުރު އަދާކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް