އައްޑޫ ސިޓީ އައިއެމްޑީސީން އެންޓިބޮޑީ ޓެސްޓް ހެދުމުގެ ހުއްދައަށް އެދިއްޖެ

އައްޑޫ ސިޓީގައި ހިންގާ އަމިއްލަ ކްލިނިކް އައިއެމްޑީސީން ކޯވިޑް-19 އެންޓީ ބޮޑީ ޓެސްޓު ހެދުމުގެ ހުއްދައަށް އެދިއްޖެ އެވެ. އެ ކްލިނިކުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޓެސްޓު ހެދުމުގެ ހުއް...

08 Jun 2020 | 08:42

އައްޑޫ ސިޓީގައި ހިންގާ އަމިއްލަ ކްލިނިކް އައިއެމްޑީސީން ކޯވިޑް-19 އެންޓީ ބޮޑީ ޓެސްޓު ހެދުމުގެ ހުއްދައަށް އެދިއްޖެ އެވެ.

އެ ކްލިނިކުން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޓެސްޓު ހެދުމުގެ ހުއްދައަށް ހެލްތް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އަދި ހުއްދަ ލިބުނުހާ އަވަހަކަށް އެ ހިދުމަތް ދެވޭނެ ކަމަށް ބުނެފައިވެ އެވެ.

އައިއެމްޑީސީން ބުނީ އެންޓީ ބޮޑީ ޓެސްޓު ހެދުމަށް ބޭނުންވާ މެޝިނާއި ކާޓްރިޖް ލިބިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޯވިޑް-19 އެންޓީ ބޮޑީ ޓެސްޓުވެސް ހެދޭނެ ކަމަށެވެ. އެ މެޝިނަކީ އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުގަިއވެސް ގާއިމްކޮށްފައިވާ ފަދަ މެޝިނެއް ކަމަށް ބުނެފައިވެ އެވެ.

އެ ކްލިނިކްގައި ހުރި މެޝިނުން ގަޑިއަކު 36 ޓެސްޓު ހެދޭނެ ކަމަށް ބުނެފައިވެ އެވެ. އަދި 10 މިނެޓު ތެރޭގައި ޓެސްޓުގެ ނަތީޖާ ލިބޭނެ އެވެ.

އައިއެމްޑީސީން އެންޓީ ބޮޑި ޓެސްޓު ހެދުމުގެ ހުއްދައަށް އެދުނު އިރު އައްޑޫ ސިޓީ ފޭދޫގައި ހިންގާ އެއިމްސް ޑައިގްނޯސްޓިކް ކެއާއިންވެސް އެ ޓެސްޓު ހަދަން ފެށުމުގެ ހުއްދައަށް ހެލްތް މިނިސްޓްރީގައި އެދުނެވެ. އެކަމަކު އެ މިނިސްޓްރީން ވަނީ އައްޑޫ އަކީ ބަލި ފެތުރޭ ތަނަކަށް ނުވާތީ އެންޓީ ބޮޑީ ޓެސްޓު ހެދުމުގެ ހުއްދަ ނުދޭން ނިންމާފައި އެވެ.

އެކަމަކު މިހާރު ހެލްތް މިނިސްޓްރީން ވަނީ ހުރިހާ އަތޮޅެއްގައި އެންޓީ ބޮޑި ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށް ބުނެފައި އެވެ. މިގޮތަށް ނިންމީ ރަށްރަށަށް މީހުން ހޯމް ކަރަންޓީނަށް ފޮނުވަން ފެށުމުން ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް