ޗައިނާއާ އެކު ވެފައިވަނީ މިނިވަން ވިޔަފާރި އެއްބަސްވުމަށް މަޖިލީހުގެ ތެރެއިން އުވާލަނީ!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝ...

08 Jun 2020 | 08:23

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާ އާއި އެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަން ޖެހިފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި އެއްބަސްވުމުގައި ރައީސް ޔާމީންގެ ސަރުކާރުގައި ސޮއި ކުރީ 2017 ވަނަ އަހަރު އެވެ. އޭރުވެސް އެމްޑީޕީން ދިޔައީ މި އެއްބަސްވުމާއި ދެކޮޅަށް ވާހަކަދައްކަމުންނެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޗައިނާ އާއި އެކުވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުން ދެމި އޮތް ކަމަށް ބެލެވެން ނެތް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ އެއްވެސް ކަމެއް ކޮށްފައި ނުވާތީ މަޖިލީހުގެ ތެރެއިން މިކަން ކޮންމެސް ގޮތަަށް ނިންމަން ޖެހޭ ކަމަށެވެ.

ނަޝީދު އެ އެއްބަސްވުމާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވި އިރު މިއަދުގެ ޖަލްސާއަށް ޗައިނާއާ އެކު ވެފައިވާ ފްރީޓްރޭޑް އެގްރިމެންޓާ ގުޅޭ މައްސަލައެއް އެޖެންޑާކޮށްފައި އޮތެވެ. ފަހުން އެ މައްސަލަ ނެގި އިރު މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެވެ.

ނަޝީދު ވަނީ މި އެއްބަސްވުން އުވާލަން ޖެހޭ ކަމަށް ވިދާޅުވެ މިދިޔަ ޑިސެމްބަރު މަހުވެސް ވާހަކަފުޅުދައްކަވާފައި އެވެ. އޭރުވެސް ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުން މިހާރު ވުޖޫދުގައި ނެތް ކަމަށާއި އެ އެއްބަސްވުން ކުރިއަށް ނުގެންދަވާނެ ކަމަށެވެ.

އެކަމަކު މި އެއްބަސްވުން އުވާލުމާއި ގުޅޭގޮތުން ސަރުކާރުން މިހާތަނަށް ވާހަކަ ދައްކަވާފައިއެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް