ލޮކްޑައުނާއި ހިލާފުވެގެން ޖޫރިމަނާ ކުރި މީހުންގެ އަދަދު 8،000 އަށްވުރެ ގިނަ ވެއްޖެ

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރި ފަހުން މިހާތަނަށް 8،000 އަށްވުރެ ގިނަ މީހުން ޖޫރިިމަނާ ކޮށްފި އެވެ. ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި މިހާތަނަށް 8،...

08 Jun 2020 | 07:17

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރި ފަހުން މިހާތަނަށް 8،000 އަށްވުރެ ގިނަ މީހުން ޖޫރިިމަނާ ކޮށްފި އެވެ.

ފުލުހުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވާގޮތުގައި މިހާތަނަށް 8،186 މީހަކު ވަނީ ޖޫރިމަނާކޮށްފައި އެވެ. އޭގެ ތެރެއިން 7،300 މީހުންނަކީ މާލެއިން ޖޫރިމަނާ ކޮށްފައިވާ މީހުންނެވެ. ހުޅުމާލެއިން 765 މީހަކު ޖޫރިމަނާކޮށްފައިވާއިރު ވިލިމާލެއިން މިހާތަނަށް ޖޫރިމަނާކޮށްފައިވަނީ 121 މީހެކެވެ.

އިއްޔެ ޖޫރިމަނާ ކުރި މީހުންގެ އަދަދަށް ބަލާއިރު މާލެއިން 245 މީހުން ޖޫރިމަނާކޮށްފަިއިވެ އެވެ. ހުޅުމާލެއާއި ވިލިމާލެއިން ޖޫރިމަނާކޮށްފައިވަނީ ދެ މީހެކެވެ.

ލޮކްޑައުނާއި ހިލާފުވާ ފަރާތްތަކުން ފުރަތަމަ ކުރަނީ 1،000 ރުފިޔާއިން ޖޫރިމަނާ އެވެ. އެއަށް ފަހު ތަކުރާރު ކުރާނަމަ ހައްޔަރު ކުރަނީ އެވެ.

މިހާތަނަށް 464 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރެއިން މިހާރު ފުލުހުންގެ ބަންދުގައި ތިބީ 129 މީހެކެވެ.

ފުލުހުން ބުނީ ހައްޔަރު ކުރާ މީހުން ދޫކޮށްލަނީ ތަހުގީގު ނިންމައި ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވުމަށް ފަހު އެވެ.

މީގެ އިތުރުން ފުލުހުން ވަނީ ލޮކްޑައުން އާއި ހިލާފުވެގެން ޖޫރިމަނާ ކުރާ ފަރާތްތަކުގެ ޖޫރިމަނާ ފައިސާ މައާފުކޮށްދިނުމަކީ ފުލުހުން ތާއީދު ކުރާނެ ކަމެއް ނޫން ކަމަށް ބުނެފައި އެވެ. ފުލުހުން ބުނީ އެމީހުން ޖޫރިމަނާ ކޮށްފައިވަނީ އެތައް ފަހަރަކު ނަސޭހަތް ދިނުމުންވެސް ގަވައިދަށް ހުރުމަތްތެރިކޮން ހިތާފައި ނުވާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް