އާ އުސޫލުގެ ދަށުން ކޯވިޑުން ރަނގުވާ މީހުން ދޫކޮށްލަން ފަށައިފި

ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުން ބަލިން ރަނގަޅުވި ކަމަށް ބަލާ އުސޫލަށް ބަދަލު ގެނެސް އެ އުސޫލާއި އެއްގޮތަށް ދޫކޮށްލަން ފަށައިފި އެވެ. އެޗްޕީއޭގެ ޑޮކްޓަރު ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އިއްޔެ ދޫކޮށްލ...

08 Jun 2020 | 04:55

ކޯވިޑް-19 އަށް ޕޮސިޓިވްވާ މީހުން ބަލިން ރަނގަޅުވި ކަމަށް ބަލާ އުސޫލަށް ބަދަލު ގެނެސް އެ އުސޫލާއި އެއްގޮތަށް ދޫކޮށްލަން ފަށައިފި އެވެ.

އެޗްޕީއޭގެ ޑޮކްޓަރު ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އިއްޔެ ދޫކޮށްލި64 މީހުންނަކީ އެ އުސޫލަށް ފެތިގެނ ރަނގަޅުވި ކަމަށް ނިންމި ބައެއް ކަމަށެވެ.

އަލަށް އަމަލުކުރަން ފެށި އުސޫލުގެ ދަށުން ރަނގަޅުވާ މީހުންގެ ތެރެއިން ކޯވިޑް ހުރިތޯ ބަލަން ޓެސްޓު ކުރާނީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ. އެހެން މީހުން ރަނގަޅުވުމުން ދޫކޮށްލާނީ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެގޮތަށް ނިންމީ ދުނިޔޭގެ އެހެން ގައުމުތަކުގައި ދިމާވެފައި ހުރި ކަންކަމަށް ބަލައި ޑަބްލިއުއެޗްއޯގެ އިރުޝާދާއި އެއްގޮތަށް ކަމަށެވެ. ސައުތު ކޮރެއާގައި ރަނގަޅުވި ކަމަށް ކަނޑައެޅި މީހުން ފަހުން ޓެސްޓްްކުރުމުން ކޯވިޑަށް ޕޮޒިޓިވް ވި ކަމަށާއި އެކަމަކު އެއީ ވައިރަސް ދިރި ހުރުމުން ދެއްކި ނަތީޖާއެއް ނޫން ކަން ފަހުން އެނގުނު ކަމަށެވެ.

ރާއްޖޭގައި ރަނގަޅުވި ކަމަށް މިހާރު ބަލަނީ ދެ ގޮތަކުންނެވެ. އެއް ގޮތަކީ ބައްޔަށް ޕޮޒިޓިވްް ވުމަށް ފަހު 14 ދުވަސް ވުމެވެ. އަނެއް ގޮތަކީ އަލާމާތްތައް ފެނުން ހުއްޓޭތާ ތިން ދުވަސް ވުން ކަމަށް ވެސް ނަޒްލާ ވިދާޅުވި އެވެ.

މިހާތަނަށް ރާއްޖެއިން1،903 މީހަކު ޕޮސިިޓިވްވެފައިވެ އެވެ. ބަލިން827 މީހަކު މިހާރު ވަނީ ރަނގަޅުވެފައި އެވެ.

މި ބަލީގައި އަށް މީހަކު މަރުވެވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް