ކޯވިޑް-19: އިތުރު 10 މީހަކު ޕޮޒިޓިވްވެ މިއަދު ޕޮޒިޓިވްވި އަދަދު 96 އަށް

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ގައި މިރޭ އިތުރު 10 މީހަކު ޕޮޒިޓިވްވެ މިއަދު ޕޮޒިޓިވްވި އަދަދު 96 އަށް އަރައިފިއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ފަހުން ޕޮޒިޓިވްވި ...

08 May 2020 | 18:51

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 ގައި މިރޭ އިތުރު 10 މީހަކު ޕޮޒިޓިވްވެ މިއަދު ޕޮޒިޓިވްވި އަދަދު 96 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި ފަހުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝަށް ނިސްބަތްވާ ހަ މީހަކާއި ހަތަރު ދިވެހިންނެވެ.

މިރޭ ކުރިން ޕޮޒިޓިވްވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ 67 މީހަކާއި އިންޑިއާއަށް ނިސްބަތްވާ ތިން މީހަކާއި 14 ދިވެއްސަކާއި ލަންކާއަށް ނިސްބަތްވާ މީހެއްގެ އިތުރުން ނޭޕާލަށް ނިސްބަތްވާ މީހެކެވެ.

މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޖުމްލަ އަދަދު މިވަނީ 744 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް