ހުއްދައާއި އެއްގޮތަށް އަމަލު ނުކުރާ ފިހާރަތަކަށް ފިޔަވަޅު އަޅަނީ

މާލޭ ކޮލްޑައުންކޮށްފައިވާ މި ހާލަތުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ގޮތާއި ހިލާފަށް އަމަލު ކުރަމުންދާ ވިޔަފާރިތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުންގެ މީޑިއާއިން ބުނީ މ...

08 May 2020 | 17:20

މާލޭ ކޮލްޑައުންކޮށްފައިވާ މި ހާލަތުގައި ވިޔަފާރި ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ގޮތާއި ހިލާފަށް އަމަލު ކުރަމުންދާ ވިޔަފާރިތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ މިހާރަކަށް އައިސް ފިހާރަ ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ނެގުމަށް ފަހު ފިހާރަ ބަންދުކޮށްފައި ހުންނަކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ފިހާރައިގަ މަސައްކަތް ކުރަން ހުއްދަ ދީފައިވާ މީހުންގެ އަދަދަށްވުރެ ގިނަ މީހުން ފިހާރަތަކުގައި ތިބޭކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެފަދަ ފިހާރަތަށް ފާހަގަކޮށް ކުރިޔަށް އޮތްތާ ފިޔަވަޅު އަޅަމުންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ޑެލިވަރީ އާއި ވިޔަފާރި އަދި ކާބޯތަކެތީގެ ހިދުމަތް ދިނުމަށް 2،000 ގާތްކުރާ އަދަދަކަށް ހުއްދަ ވިޔަފާރިވެރިންނަށް ދޫކޮށްފައިވެ އެވެ.

އެކަމަކު ފުލުހުން ބުނީ ހުއްދަ ދޫކޮށްފައިވާ ގޮތާއި ހިލާފަށް ފާސްތަކުގެ ބޭނުން ކުރާ ކަމަށެވެ. އެގޮތުން ޑެލިވަރީ ކުރުމުގެ ހުއްދަ ދޫކޮށްފައިވާ ފަރާތްތަކުގެ ފާސް އެހެން މީހުން ބޭނުން ކުރާ މައްސަލަތަކެއްވެސް ކުރިން ފާހަގަވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް