ކޯވިޑް-19: މާފުށީ ޖަލުގައި ރެންޑަމް ސާމްޕަލް ނަގައިފި

މިހާރު ހަލުވިކަމާއިކު ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، މާފުށީ ޖަލުގައި މިއަދު ރެންޑަމް ސާޕަލް ނެގުން ކުރިއ...

08 May 2020 | 14:04

މިހާރު ހަލުވިކަމާއިކު ފެތުރެމުންދާ ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުންނާއި ޖަލުތަކަށް މި ވައިރަހުގެ އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމައްޓަކައި، މާފުށީ ޖަލުގައި މިއަދު ރެންޑަމް ސާޕަލް ނެގުން ކުރިއަށް ގެންގޮސްފިއެވެ.

ކަރެކްޝަންސުން ހާމަކޮށްފައިވާގޮތުގައި އެންއީއޯސީ އާއި މޯލްޑްވިސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި ޤައިދީންގެ ތެރެއިން 15 މީހެއްގެ ސާޕަލް އަދި 23 އޮފިސަރެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.

ސާމްޕަލް ނެގުމުގައި ބަލައިފައިވާނީ ވަކި ޔުނިޓް ތަކުގެ ތެރެއިން ހޮވާލެވޭ ޤައިދީން ކަމަށާއި އަދި އޮފިސަރުންނާއި މުވައްޒަފުންގެ ތެރެއިންވެސް ތަފާތު އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުގެ ސާމްޕަލް ވަނީ ނަގައިފައި ކަމަށް ކަރެކްޝަންސުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް