ހުއްދަ ނެތި ޑިންގީއެއްގައި ފުރި ދެމީހަކު ހައްޔަރުކޮށްފި

ހުއްދަ ނެތި ޑިންގީއެއްގައި ފުރައިގެން އެހެން ރަށަކަށް ދިޔަ ދެމީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ ށ. ފުނަދޫ ފަޅުތެރޭގައި އަޅާފައި އޮތް ޑިންގީއެއްގައި ހުއްދަނެތި ފުރާފައިވާ މައްސަލަ އިއްޔެ ...

08 May 2020 | 10:21

ހުއްދަ ނެތި ޑިންގީއެއްގައި ފުރައިގެން އެހެން ރަށަކަށް ދިޔަ ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ ށ. ފުނަދޫ ފަޅުތެރޭގައި އަޅާފައި އޮތް ޑިންގީއެއްގައި ހުއްދަނެތި ފުރާފައިވާ މައްސަލަ އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މި ޑިންގީ ށ. ޅައިމަގާ ހަމައަށް ދިޔަކަމަށާއި ނަމަވެސް ޅައިމަގަށް ގާތް ނުކުރެވިފައި ވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މި ޑިންގީ ފެނިފައިވަނީ ށ. ފުނަދޫ އެއާޕޯޓްގެ އުތުރުކޮޅު ފަޅުތެރެއިން ރޭ 12:45 ހާއިރު ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގާ ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 37 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ. މައްސަލަ ފުލުހުން އަންނަނީ މިހާރު ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް