16 އަހަރުގެ ފިރިހެން ކުއްޖަކާއިމެދު ޖިންސީ ގޯނާކޮށްގެން 53 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފި

16 އަހަރުގެ ފިރިހެން ކުއްޖަކާއިމެދު ޖިންސީ ގޯނާ ކޮށްގެން އުމުރުން 53 އަހަރުގެ މީހަކު "އަޕަރ ނޯތު ޕޮލިސް ޑިވިޒަނުން" ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. "އަޕަރ ނޯތު ޕޮލިސް ޑިވިޒަން" ގައި ހިމެ...

08 May 2020 | 10:06

16 އަހަރުގެ ފިރިހެން ކުއްޖަކާއިމެދު ޖިންސީ ގޯނާ ކޮށްގެން އުމުރުން 53 އަހަރުގެ މީހަކު "އަޕަރ ނޯތު ޕޮލިސް ޑިވިޒަނުން" ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

"އަޕަރ ނޯތު ޕޮލިސް ޑިވިޒަން" ގައި ހިމެނެނީ ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކެވެ.

މި މައްސަލައިގާ އުމުރުން 53 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ ރޭގެ ދަންވަރު 01:20ގައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން އެ ކުއްޖާގެ އަތޮޅާއި ރަށް، ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

އެހެން ނަމަވެސް ރޭގައި ހައްޔަރު ކުރި މީހާ، އެ ސަރަހައްދުން ހައްޔަރުކުރި މަންޒަރުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް